ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.
އޭއައިއޭގެ އެމްޑީއަކަށް ހަމަޖައްސާފައި ވަނީ ސ. ހިތަދޫ، ސީވިއު، ގައިސް ނަސީރު އެވެ.
އޭއައިއޭގެ އެމްޑީގެ މަގާމަށް ބޭފުޅަކު ހަމަޖައްސާފައި މިވަނީ އެ މަގާމު ހުސްކޮށް އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީފަހުންނެވެ.
އެންމެ ފަހުން އެ މަގާމު ފުރުއްވީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފުއެވެ. ލަތީފު އެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގަ އެވެ.
ނަމަވެސް 2018ގެ ނޮވެމްބަރު 22 ވަނަ ދުވަހު ޕްރައިވެޓައިޒޭޝަން ބޯޑުން ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ ބޯޑުގައި ހިމެނޭ މެމްބަރުން މަގާމުން ދުރުކުރިއިރު، އޭއައިއޭގެ އެމްޑީގެ މަގާމުން ލަތީފު ވެސް ވަނީ ވަކިކޮށްފަ އެވެ.
ސަރުކާރުގެ 50 ޕަސެންޓް ހިއްސާ އޮންނަ އޭއައިއޭގެ ބާކީ 50 ޕަސެންޓް ހިއްސާ ބެހިގެން ވަނީ ކާސާ ހޯލްޑިންގްސްއަށް 30 ޕަސެންޓް، އެމްއޭސީއެލްއަށް 10 ޕަސެންޓް އަދި އެސްޓީއޯއަށް 10 ޕަސެންޓް ހިއްސާ އެވެ.
އޭއައިއޭގެ ބޯޑުގައި މިހާރު ތިއްބެވި ބޭފުޅުން
- މެނޭޖިންގް ޑިރެކްޓަރު: ގައިސް ނަސީރު
- ޑިރެކްޓަރު: ހުސައިން އަމްރު މުހައްމަދު ރަޝާދު (އެސްޓީއޯ)
- ޑިރެކްޓަރު: މޫސާ ޞާލިހު (އެމްއޭސީއެލް)
- ޑިރެކްޓަަރު: ހުސައިން އަފީފް (ކާސާ ހޯލްޑިންގް)
- ޑިރެކްޓަރު: އިބްރާހިމް ނޫރައްދީން (ކާސާ ހޯލްޑިންގް)
- ޑިރެކްޓަރު: އައިޝަތު ޒާރާ ނިޒާރު
- ޑިރެކްޓަރު: ފާތިމަތު މިޒްނާ އަލީ