ސޯމާލިއާގައި ބޮމުގެ ހަމަލާއެއްދީ، 73 މީހަކު މަރާލައިފި

ސޯމާލިއާގައި ކާރު ބޮމެއް ގޮއްވާލާ، 73 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

މޮގަދިޝޫ (ޑިސެމްބަރު 28): ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި މިއަދު ބޮން ހަރުކޮށްފައިވާ ކާރެއް ގޮއްވާލާ، 73 މީހަކު މަރާލައިފި ކަމަށް އެގައުމުގެ ފުލުހުން ބުނެފި އެވެ.

ޕޮލިސް އޮފިސަރު މުހައްމަދު ހުސެއިން ވިދާޅުވި ގޮތުގައި އެ ހަމަލާ ދިނީ ޓްރެފިކް ތޮއްޖެހިފައިވާ ގަޑިއެއްގައި ޗެކްޕޮއިންޓެއް ކައިރީގަ އެވެ. އަދި އެހާދިސާގައި 100އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެ އެވެ.

އެ ހަމަލާގައި 73 މީހަކު މަރުވި ކަމަށް ބައެއް ނޫސްތަކުގައިވާ އިރު ސޯމާލިއާގެ ޕާލިމެންޓު މެމްބަރެއް ކަމަށްވާ މުހައްމަދު އަބްދުރައްޒާކު ވަނީ މަރުވި މީހުންގެ އަދަދު 90އަށް ވުރެ އިތުރުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް އަލް ގައިދާއާ ގުޅުން ހުރި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަލް ޝަބާބްއިން ވަނީ ފާއިތުވި އަހަރުތަކުގައި އެފަދަ ގިނަ ހަމަލާތައް ދީފަ އެވެ. އަދި އެޖަމާއަތުން ދަނީ ސޯމާލިއާގެ ބައެއް ސަރަހައްދުތައް ކޮންޓުރޯލު ކުރަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް