ޖުމައްޔިލް އާއި މަޖޫގެ ޖޯޑްގެ ފަހު ފެނިލުން "ނޮވެމްބަރު"ގައި

ޖުމައްޔިލް އާއި މަޖުދާ އެކީ ކަޕުލްއެއްގެ ގޮތުގައި ފެނިގެންދާ ފަހު ފިލްމް ---

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ލޯބި ޖޯޑު މަރިޔަމް މަޖުދާ އާއި ޖުމައްޔިލް ނިމާލް ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމަކީ ނޮވެމްބަރު ކަމަށް ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނެފިއެވެ.

ރާއްޖެ ޓީވީ ކުލަ ސްކްރީން ޕްރޮގްރާމުގައި ވާހަކަ ދައްކަމުން މޮގާ ބުނީ އަންނަ އަހަރު ސްކްރީނު ކުރުމަށް އަމާޒު ހިފާފައިވާ ފިލްމު ނޮވެމްބަރަކީ އެދެތަރިން ޕެއާ އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމު ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މޮގާ ބުނީ ފިލްމުގެ 95 އިންސައްތަ ޝޫޓިން މިހާރު ނިމިފައިވާ ކަމަށެވެ.

ފިލްމު ނޮވެމްބަރަކީ މަޖޫ އާ ޖުމަލް ޕެއާއެއްގެ ގޮތުގައި ފެނިގެންދާ ހަތަރުވަނަ ފިލްމެވެ.

ސަން އާ ވާހަކަ ދައްކަމުން މޮގާ ބުނީ ފިލްމު ނޮވެމްބަރަކީ މޮގާގެ ޑްރީމް ޕްރޮޖެކްޓެއް ކަމަށެވެ. އަދި އެ ފިލްމުގައި ޖުމަލް އާ މަޖޫ ހިމަނަން ބޭނުންވީ އެދެތަރިންގެ ކެމިސްޓްރީ ރަނގަޅުކަމުން ކަމަށެވެ.

އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލު އެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއު އެވެ.

ޑާކްރެއިން އެންޓަޓެއިން އަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ފިލްމު ކުންފުންޏެކެވެ

comment ކޮމެންޓް