ރިޔަލު ދޯންޏެއްގައި ނުކުތް މީހަކު ގެއްލިގެން ހޯދަނީ

ބ. ކެންދޫ

ބ. ކެންދޫގައި ރިޔަލު ދޯންޏެއްގައި ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަހުމަދު ސަލީމް "ސަން" އަށް މިރޭ ވިދާޅުވީ ގެއްލިގެން ހޯދަނީ އެރަށަށް ނިސްބަތްވާ ގާނޫނީ ވަކީލެއް ކަމަށްވާ އަބްދުﷲ އަލީ ކަމަށެވެ.

އޭނާގެ އުމުރަކީ 39 އަހަރެވެ.

"އެއީ ދެ މީހުންނަށް ކިރިޔާ އެރޭވަރުގެ ކުޑަކުޑަ ދޯންޏެއް. މިއަދު އެހެލާފައި ހިތްފަސޭހަ ކޮށްލަން އޭނާ ނިކުތީ،" ސަލީމް ވިދާޅުވި އެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންނާއި ސިފައިންގެ ބަހެއް އަދި ނުލިބެ އެވެ.

comment ކޮމެންޓް