ވެލާ ފަޅައި ކައްކަން ތިބީ ކެންދޫ ބައެއް، އެ މީހުންގެ ބަޔާން ނަގައިފިން: އީޕީއޭ

ފަޅާފައި ހުރި ވެލާތައް-- ފޮޓޯ/ ޓުވިޓާ

މިދިޔަ ހުކުރު ދުވަހު، ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ހެ ވެލާ ފަޅައި، އެ ވެލާތައް ކައްކަން ތިބީ އެ އަތޮޅު ކެންދޫ ބައެއް ކަމަށާއި އެކަމާ ގުޅުންހުރި އެންމެންގެ ބަޔާން ނަގައި ފިޔަވަޅު އަޅަން ކުރަންޖެހޭ މަސައްކަތް މިހާރު ފަށައިފައިވާކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނެފިއެވެ.

ކެޔޮދޫގައި ވެލާ ފަޅައިގެން، އެ ވެލާތައް ކައްކަން ތިއްބާ ބަޔަކު އަތުލައިގަތީ އެކަމާ ގުޅޭ ގޮތުން އެ ދުވަހު ކެންދޫ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށަށް ދިއުމަށްފަހެވެ. މަރައިލައިފައި އޮއްވައި ފެނުނީ ހަ ގްރީން ޓާޓަލްއެވެ.

https://sun.mv/173706

އީޕީއޭއިން މިއަދު ބުނީ އެ ކަމުގައި ހިމެނެނީ ފަސް މީހުން ކަމަށާއި އެ އެންމެންގެ ބަޔާން މިހާރު ނަގައިފައިވާކަމަށެވެ.

އެއާއެކު އީޕީއޭއާއި، ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ ބައެއް އޮފިޝަލުން އެ ރަށަށް ގޮސް އެ ތަން ބަލައި އިތުރަށް ދެނެގަންނަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ކުރިކަމަަށް ވެސް އީޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އެ އެންމެނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ އެޖެންސީއިން ބުންޏެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ވެލާ ކަހަނބު ހިފުމާއި އެ ތަކެއްޗަށް އެއްވެސް ގޯނާއެއް ކުރުމަކީ މަނާކަމެކެވެ.

މާލެއަށް އެރި ވެލާ ބިސްއަޅަނީ --- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

އެހެން ނަމަވެސް އެ ތަކެތީގެ ބިސް ނަގައި ބޭނުންކުރުމާއި، އޭގެ ތޮށިގަނޑު ބޭނުންކުރަަން ވެލާ ހިފުން ފަދަ ކަންކަން އަންނަނީ އާންމު ވަމުންނެވެ.

ވެލާ ކަހަނބަކަށް ގޯނާއެއް ކޮށްފިނަމަ ގެއްލުން ދިނީ އެކައްޗަށްނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯނާ ކުރީ އެކައްޗަށް ވުރެ ގިނަ ވެލާ ކަހަނބަށް ނަމަ އިތުރުވާ ކޮންމެ އެއްޗަކަށް 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް