ކައުންސިލް އިންތިހާބްގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ކަނޑައަޅައިފި

އިލެކްޝަން ކޮމިޝަނުން ބޭއްވި ޕުރެސް ކޮންފަރެންސްއެއްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް ކައުންސިލް އިންތިހާބްގައި ސިޓީތަކުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ކަނޑަައަޅައިފިއެވެ.

މިރޭ އިލެކްޝަންސްއިން ވަނީ އެ ދާއިރާތައް ކަނޑައެޅުމަށް ގުރުއަތު ނަގައިފައެވެ. ގުރުއަތުނެގުމަށް ފަހު އެ ދާއިރާތައް އިއުލާން ކުރެއްވީ އިލެކްޝަންސް ކޮމިޝަންސްގެ ރައީސް އަހުމަދު ޝަރީފްއެވެ.

އަންހެނުންނަށް ހާއްސަ ކުރި ދާއިރާތައް

މާލެ ސިޓީ :2 4 9 12 14 18

އައްޑޫ ސިޓީ: 3 6 8 12

ފުވައްމުލައް ސިޓީ: 1 4

އިންތިހާބީ ދާއިރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހާ ހަމައަށް އޮތީ ހަމަވެފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބީ ދާއިރާތަކުގެ ފައިނަލް ރިޕޯޓް ދެ ދުވަހެއްގެ ތެރޭގައި އާންމުކުރާނެ ކަަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އެންމެ މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ މާލީ ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމާއި ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމެވެ.

ކައުންސިލްތަކުގެ ތިންބައިކުޅަ އެއްބައި އަންހެނުންނަށް ހާއްސަ ކުރުމުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނެ އެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ވާނީ ހަތަރު ގޮނޑި އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ތިން ގޮނޑި ހާއްސަ ވާނެ އެވެ.

ސިޓީތަކަށް ބަލާލާއިރު ފުވައްމުލައް ސިޓީން މޭޔަރު ނުލާ ހަ ދާއިރާއަކުން ހަ ކައުންސިލަރުން ހޮވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހަ މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. މޭޔަރު އިންތިހާބްކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

އައްޑޫ ސިޓީއަށް މޭޔަރު ނުލާ 12 ދާއިރާއަކުން 12 ކައުންސިލަރުން ހޮވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް 10 މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. މޭޔަރު އިންތިހާބްކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

އޭގެ އިތުރުން މާލެ ސިޓީއަށް މޭޔަރު ނުލާ 18 ދާއިރާއަކުން 18 ކައުންސިލަރުން ހޮވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށްވެސް 18 މެމްބަރުން އިންތިހާބްކުރަން ޖެހެއެވެ. މޭޔަރު އިންތިހާބްކުރަން ޖެހޭނީ މުޅި ސިޓީގެ ވޯޓަކުންނެވެ.

comment ކޮމެންޓް