ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ދޭ މޯލްޑިވްސް ބޯޓިންގް އެވޯޑުގެ ތިން އެވޯޑެއް އަލްޝާލީ މެރިން މޯލްޑިވްސް އިން ހާސިލްކޮށްފި އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ބޯޓިން އެވޯޑް ހަފްލާގައި އަލްޝާލީ މެރިން އިން ވަނީ ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 5-10 މީޓަރުގެ އެވޯޑާއި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 10-15 މީޓަރުގެ އެވޯޑާއި ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 45-15 މީޓަރުގެ އެވޯޑު ހާސިލްކޮށްފަ އެވެ.
ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 10-5 މީޓަރުގެ އެވޯޑު ލިބުނީ އަލްޝާލީގެ އެކްޝަން 25 އަށެވެ. މިއަހަރުގެ މެރިން އެކްސްޕޯގައި އެންމެ އުފެއްދުންތެރި ޕްރޮޑަކްޓުގެ އެވޯޑު ވެސް ލިބުނީ އަލްޝާލީގެ އެކްޝަން 25 އަށެވެ.

އަލްޝާލީ މެރިންގެ އެކްޝަން 25-- ފޮޓޯ/އަލްޝާލީ
ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 10-15 މީޓަރުގެ އެވޯޑު ލިބުނީ އެކުންފުނީގެ ކޯސްޓް ކްރާފްޓް 38 ޕްލަސް އަށެވެ.
އަލްޝާލީ މެރިންގެ ވިޔަފކޯސްޓް ކްރާފްޓް 38 ޕްލަސް-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބެސްޓް ޕްރޮޑަކްޝަން ފައިބާ ވެސެލް 45-15 މީޓަރުގެ އެވޯޑު ލިބުނީ އެކުންފުނީގެ އައިލެންޑް ހޮޕާ 50 އަށެވެ.

އައިލެންޑް ހޮޕާ 50-- ފޮޓޯ/އަލްޝާލީ
ޔޫއޭއީގެ އަލްޝާލީ މެރިންއާއި ރާއްޖޭގެ ކޯސްޓްލައިން އިންވެސްޓްމެންޓު ގުޅިގެން އުފައްދާފައިވާ އަލްޝާލީ މެރިން މޯލްޑިވްސްއަކީ ރާއްޖޭގައި ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރު ބަނުމުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުންއަންނަ އެއް ކުންފުންޏެވެ.
ރޭގެ ހަފްލާގައި 26 ދާއިރާ އަކުން އެވޯޑު ދީފައިވާއިރު މިއީ ބޯޓިން އެވޯޑު ދިން ހަ ވަނަ އަހަރެވެ.