މާލެ އަތޮޅުން ފެށިގެއް އައްޑޫ އާ ހަމައަށް ޔެލޯ އެލާޓް ނެރެފި

މީގެ ކުރިން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެން ބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލެ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކުގެ ރަށްރަށަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މެޓުން މިއަދު ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދަށް ވެސް ވިއްސާރައިގެ އަސަރު ކުރާނެ ކަމަށެވެ.

ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. ރާޅުގެ އުސްމިން އެވްރެޖުކޮށް ހުންނާނެ ދެ ފޫޓާއި ފަސް ފޫޓާ ދެމެދަށް ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މެޓު އޮފީހުން ބުނީ މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި ބުދަ ދުވަހުން ފެށިގެން ވިއްސާރައިގެ އަސަރު ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

comment ކޮމެންޓް