އޭދަފުށި ފަޅުތެރެއިން ގޮތް ނޭނގޭ ޕެކޭޖެއް ފެނިގެން ފުލުހުން ގެންގޮސްފި

ބ. އޭދަފުށިން ފެނުނު ގޮތް ނޭންގޭ އެއްޗެއް: ފުލުހުން އަންނަނީ އެއީ ކޯއްޗެއްތޯ ބެލުމަށް މަސައްކަތް ކުރަމުން --- ފޮޓޯ: ސޯޝަލް މީޑިއާ

ބ. އޭދަފުށީ ފަޅު ތެރެއިން ޕްލާސްޓިކް ކަޅު ކޮތަޅެއްގައި ބަންދުކޮށްފައިވާ އެއްޗެއް ފެނިގެން އޭގެ ހަގީގަތް ބެލުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ބަންދުކޮށްފައިވާ ފަތްތަކެއް އޭދަފުށި ފަޅުތެރެއިން ފެނިފައިވަނީ މިއަދު 10:14 ހާއިރު ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެ ކަމާއި ގުޅިގެން އޭދަފުށި ކައުންސިލް މެންބަރު ނައުޝާދު އަހްމަދު ވިދާޅުވީ، ރީތި ކޮށް ޕެކްކޮށް ފެން ނުވަންނާނެހެން ޕާރުސަލް ކޮށްފައިވާ އެއްޗެއް ފެނިފައިވަނީ އެ ރަށުގެ އުތުރު ފަރާތު ބަނދުރު ތެރެއިން ކަމަށެވެ.

ނަމަވެސް އެއީ ކޮން ކަހަލަ ފަތްތަކެއް ކަމަށް ނޭންގޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

comment ކޮމެންޓް