މި އަހަރުގެ އެންމެ މޮޅު ގޭމަކީ "ސެކިރޯ"!

ސެކީރޯ : ޝެޑޯސް ޑައި ޓްވައިސްގެ މަންޒަރެއް --- ފޮޓޯ : އެކްޓިވިޝަން

ވީޑިއޯ ގޭމުތަކުުގެ ތެރެއިން އެންމެ މޮޅު ގޭމުތައް ހޮވުމަށް ބާއްވާ އެންމެ ބޮޑު ގޭމް އެވޯޑްސްގެ މިއަހަރުގެ އެންމެ މޮޅު ގޭމަކަށް "ސެކީރޯ : ޝެޑޯސް ޑައި ޓްވައިސް" ހޮވިއްޖެ އެވެ.

އެކްޓިވިޝަން އިން މިއަހަރުގެ މެއި މަހުގައި ނެރުނު އެ ގޭމަކީ މުޅި ގޭމިން ކޮމިއުނިޓީގެ ލޯބި ލިބިގެން ދިޔަ ގޭމެކެވެ.

ލޮސް އެންޖެލެސްގެ މައިކްރޮސޮފްޓް ތިއޭޓަރުގައި ރޭގައި ބޭއްވި ރަސްމިއްޔާތުގައި އަހަރުގެ އެންމެ މޮޅު ގޭމުގެ އެވޯޑަށް ޝެޑޯސް ޑައި ޓްވައިސްގެ އިތުރުން ފަސް ގޭމެއް ވަނީ ނޯމިނޭޓު ވެފަ އެވެ. އެއީ

  • ކޮންޓްރޯލް – 505 ގޭމްސް
  • ޑެތު ސްޓްރޭންޑިން – ކޮޖީމާ ޕްރޮޑަކްޝަން
  • ސުޕަ ސްމޭޝް ބްރޯސް އަލްޓިމެޓް – ނެމްކޯ / ބަންޑައި
  • ރެޒިޑެންޓް އީވިލް 2 : ރީމޭކް – ކެޕްކޮޕް ޕްރޮޑަކްޝަން
  • އައުޓާ ވޯލްޑްސް – އޮބްސިޑިއަން ޕްރޮޑަކްޝަން

ވީޑިއޯ ގޭމްގެ ތަފާތު ދާއިރާތަކުން ރޭގެ ރަސްމިއްޔާތުގައި ވަނީ އެކި ގޭމު ތަކަށާއި ޕްރޮޑަކްޝަންތަކަށް އެވޯޑު ދީފަ އެވެ.

ރޭގެ އެވޯޑު ރަސްމިއްޔާތުގައި އެންމެ މޮޅު ޑައިރެކްޝަން ލިބިފައި ވަނީ ޑެތު ސްޓްރޭންޑިން އަށެވެ. އެންމެ މޮޅު ނެރޭޓިވް "ޑިސްކޯ އެލީސިއަމް" އަށް ލިބުނު އިރު އެންމެ މޮޅު އާޓު ޑައިރެކްޝަން ލިބުނީ ކޮންޓްރޯލް އަށެވެ.

comment ކޮމެންޓް