އަންނަ އަހަރު އިތުރު ހަ ދުވަސް ބަންދު ދުވަސްތަކުގައި ހިިމަނައިފި

ކެބިނެޓު ބައްދަލުވުމެއްގެ ތެރެއިން: އިތުރު ހަ ދުވަސް ބަންދު ދުވަސްތަކުގައި ހިމެނުމަށް ވަނީ ނިންމާފައި --ފައިލް ފޮޓޯ/ ރައީސް އޮފީސް

މި ފެށޭ 2020 ވަނަ އަހަރު ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭ އިތުރު ހަ ދުވަސް ހިމެނުމަށް ސަރުކާރުން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ސަރުކާރު ބަންދު ދުވަސްތަކުގެ ތެރޭގައި އިތުރު ހަ ދުވަސް ހިމަނުމަށް ނިންމާފައިވާ ކަމަށެވެ.

ބަންދު ދުވަސްތަކުގެ ގޮތުގައި ނިންމި އިތުރު ހަ ދުވަސް:

  1. ޖެނުއަރީ، 2
  2. މޭއި، 27
  3. މެއި 28
  4. ޖުލައި 28
  5. ޖުލައި 29
  6. ނޮވެމްބަރު 12

ބާޒާރަށް މިހާރު ނެރެފައިވާ މީލާދީ ކަލަންްޑަރުން ބަންދު ދުވަސްތަކުގެ ގޮތުގައި ހިމަނާފައި ވަނީ 19 ދުވަހެވެ. މިއަދު ރައީސް ނިންމިވި ނިންމުމާ އެކު ޖުމްލަ 25 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެ އެވެ.

އަންނަ އަހަރު ބަންދު ދުވަސްތަކުގައި ހިމަނާފައިވާ ދުވަސްތައް: ރައީސް ގެ ނިންމުމާއެކު ޖުމްލަ 25 ދުވަސް ބަންދު ދުވަސްތަކުގެ ގޮތުގައި ލިބޭނެ --

މި ނިމެމުންދާ 2019 ވަނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި ހިމަނާފައި ވަނީ، 22 ދުވަހެވެ.

comment ކޮމެންޓް