ފިނި ދުވަހެއް! ހިލޭ "ބާ 2000" ކޮފީއެއް ބޯލަން ހިނގާ

ބާ ކޮފީ ---- ފޮޓޯ: އެޗްއެސްސީ މޯލްޑިވްސް

އެޗްއެސްސީ މޯލްޑިވްސް އިން ސްލޮވެނިއާގެ އުފެއްދުމެއް ކަމަށްވާ "ބާ-2000" ކޮފީ، ރާއްޖެއަށް ތައާރަފުކޮށް ހިލޭ ކޮފީގެ ރަހަ ބަލާލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހިލޭ ކޮފީގެ ރަހަ ބަލާލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަމީނީމަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކައިރީ ހުންނަ 360 ރެސްޓޯރެންޓުގަ އެވެ. މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް ހަވީރު 4:00-6:00 އަށް ހިލޭ ކޮފީ ރަހަ ބެލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

"ބާ-2000" ކޮފީ ރާއްޖެއަށް ތައާރަފުކޮށްފައިވަނީ އޮގަސްޓު މަހު އެވެ. އެންމެ ފުރަތަމަ މި ކޮފީ ވިއްކީ މަޝްހޫރު "ކޮމް ފުޑް" ރެސްޓޯރެންޓުގަ އެވެ. މިހާރު އޮއެވަރު ގެލެރީ، ބީ ހަޓް ރިއޯ ގްރޭންޑް ހުޅުމާލެ އަދި އައްޑޫގައި ހުންނަ ސްވަދީވް ކެފޭ އިންވެސް މި ކޮފީ ލިބޭނެ އެވެ.

"ބާ-2000" ކޮފީގެ ފަސް ރަހައެއް އެޗްއެސްސީ މޯލްޑިވްސް އިން ވަނީ ތައާރަފުކޮށްފަ އެވެ. އެއީ "ބާ 2000" އެކްސްޓްރާ، 2000 ޕްރޯފިއުމޭޓާ ބާގެ އިތުރުން "ބާ 2000" ޑޮލްސް އަދި ޓާރާބޭ އާއި ސުޕްރީމް އެވެ.

ބާ 2000 ކޮފީ އުފެއްދުމަށް ބޭނުންކޮށްފައި ހުންނަ ބީންސް އަކީ އެންމެ މަތީ ފެންވަރުގެ ބީންސް ކަމަށް އެޗްއެސްސީ އިން ބުނެ އެވެ.

comment ކޮމެންޓް