ދުނިޔޭގެ އެއް ނަމްބަރު ވޯޓާ ވިލާގެ އެވޯޑް ސަން އަކުއާ ވިލުރީފުން ދިފާއުކޮށްފި

ވޯލްޑް ޓްރެވަލް އެވޯޑްސްގެ ލީޑިންގް ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު، މިފަހަރު ލިބުނީ ސަން ސިޔާމް ގްރޫޕުން ހިންގާ ސަން އަކުއާ ވިލު ރީފް ރިސޯޓަށް -- ފޮޓޯ: ވިލުރީފް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު، ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިން ވޯޓާ ވިލާ ރިސޯޓުގެ އެވޯޑު ހަތަރުވަނަ ފަހަރަށް ސަން ސިޔާމްގެ ސަން އަކުއާ ވިލުރީފު ރިސޯޓަށް ލިބިއްޖެ އެވެ.

އޮމާންގެ ވެރިރަށް މުސްކަޓުގައި މިދިޔަ މަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގާލާގައި ވިލުރީފަށް މި އެވޯޑު ލިބިފައިވާއިރު، މިއީ އެ ރިސޯޓުން މި އެވޯޑް ޖައްސަޖައްސައިގެން ހޯދި ތިން ވަނަ އަހަރެވެ.

ދުނިޔޭގެ އެއްވަނަ ވޯޓާވިލާގެ އެވޯޑުގެ އިތުރުން އެ ރިސޯޓުން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ލީޑިން ވޯޓާ ވިލާގެ އެވޯޑުވެސް ހާސިލް ކޮށްފަ އެވެ.

ވިލުރީފަށް މި އެވޯޑު ލިބުނީ ބަރޮސް މޯލްޑިވްސް އާއި ކޮންރެޑް މޯލްޑިވްސް ރަންގަލި، ފޯ ސީޒަންސް ކުޑަހުރާ އަދި ޖޭއޭ މަނަފަރު މޯލްޑިވްސްގެ އިތުރުން ތާޖް އެގްޒޯޓިކާ މޯލްޑިވްސް، ސަން ސިޔާމު އިރުފުށީގެ އިތުރުން މެލޭޝިއާގެ އެކްސިސް ހައިބިސްކަސް ޕޯޓް ޑިކްސަން އާ ވާދަކޮށްގެންނެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ އޮސްކާގެ ގޮތުގައި ބަލައި ވޯލްޑް ޓްރެވަލް އެވޯޑްގައި، ރާއްޖޭގެ ރިސޯޓްތައް ހިމެނޭ ގޮތުން ޖުމްލަ ހަތް އެވޯޑެއް ވަނީ މިއަހަރުވެސް ރާއްޖެއަށް ލިބިފަ އެވެ. އެއީ؛

  • ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލޭ އައިލެންޑް ހޮޓަލް (އެޗްއައިއެޗް)
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
  • ލީޑިން އައިލެންޑް ވިލާ: ޑަބްލިއު މޯލްޑިވްސް
  • ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް: އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ލީޑިން އަންޑަވޯޓާ ހޮޓަލް، ރެސްޓޯރަންޓް: އިތާ އަންޑަސީ ރެސްޓޯރަންޓް، ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓް
  • ވޯލްޑްސް މޮސްޓް ރޮމޭންޓިކް ރިސޯޓް: ބަރޮސް މޯލްޑިވްސް
  • ވޯލްޑް ލީޑިން ބީޗް ޑެސްޓިނޭޝަން
comment ކޮމެންޓް