ބެލްކަނީގައި ތުއްތު ކުއްޖެއް ވެއްޓޭ ނުވެއްޓޭ ހާލުގައި

ބެލްކަނީގައި ކުޑަކުއްޖަކު ތުއްތު ކުއްޖެއް އުރައިގެން ކިރިޔޭ ވެއްޓޭ ނުވެއްޓޭ ހާލުގައި---

ބެލްކަނީގައި ކުޑަކުއްޖަކު، ތުއްތު ކުއްޖަކު އުރައިގެން ކިރިޔޭ ވެއްޓޭ ނުވެއްޓޭ ހާލުގައި ހުންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެ ވީޑިއޯގައި ފެންނަނީ، މާލޭގެ އުސްއިމާރާތެއްގެ މަތިން ބެލްކަނީގައި ކުޑަ އަންހެއް ކުއްޖަކު ތުއްތު ކުއްޖަކު ބެލްކަނި ފާރފުމަތީގައި ބަހައްޓައިގެން ހުންނަ މަންޒަރެވެ. އަދި އެގޮތަށް ބެލްކަނީގެ ކުޑަ ފާރުމަތީގައި އެ ތުއްތު ކުއްޖާ ބައިންދައިގެން އިންއިރު ތުއްތު ކުއްޖާގެ ފައިވެސް އޮތީ ބޭރުގަ އެވެ.

އެގޮތަށް ތުއްތު ކުއްޖާ ދެ ފަހަރެއްގެ މަތިން ބެލްކަނީގެ ފާރުމަތީގައި ބައިންދައިގެން އުޅޭތަން ފެނެ އެވެ.

ވީޑިއޯއިން ފެންނަ ފެނުމަށް ލަފާކުރެވޭގޮތުގައި ތުއްތު ކުއްޖާ އުރައިގެން ހުންނަނީ 10 ނޫނީ 12 ވަރަކަށް އަހަރުގެ ކުއްޖެކެވެ. އަދި އެގޮތަށް ބެލްކަނީގައި ތުއްތު ކުއްޖާ ބައިންދައިގެން އިންއިރު އެ ކުޑަކުއްޖާގެ ހަށިގަނޑުގައި އެހާ ވަރު ނުހުންނަކަންވެސް އެނގެ އެވެ. އެހެންކަމުން އެ ތުއްތު ކުއްޖާ އުސްއިމާރާތުން ވެއްޓުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ބުނެ، އެކަމާ ވަނީ އާންމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ވީޑިއޯ ނަގާފައިވަނީ ކޮން ދުވަހަކު ކަމެއް ނޭނގެ އެވެ.

ތުއްތު ކުއްޖާގެ މި ވީޑިއޯއާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުުހުން ފާޅުކޮށް މައިންބަފައިންގެ ޒިންމާ އަދާކުރުމަށް ގޮވާލައިފަ އެވެ.

ރޭވެސް މާލޭގައި ތުއްތު ކުއްޖަކު ޓްރެފިކް ބާރު ބޮޑު ސަރަހައްދެއްގައި އެކަނި މާއެކަނި އުޅެނިކޮށް ފެނިގެން ފުލުހުން ވަނީ އޭނާގެ ބެލެނިވެރިންނާ ހަވާލުކޮށްފަ އެވެ.

މާލޭގައި ދާދި ފަހުން މީހަކު ވައިގޮޅިއަކަށް ވެއްޓި މަރުވެފައި އޮއްވާވެސް ވަނީ ފެނިފަ އެވެ.

comment ކޮމެންޓް