ތުލުސްދޫއާއި މާކުރަތު ކޯޓުގެ މެޖިސްޓްރޭޓުން ވަކިކުރަން މަޖިލީހަށް ހުށަހަޅައިފި

ޖޭއެސްސީގެ މެމްބަރުންތަކެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދާއި ރ. މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިން އެ މަގާމުތަކުން ވަކިކޮށް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ޖޭއެސްއީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އައިނާނުއާއި އަދުނާނު މެޖިސްޓްރޭޓް ކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވަނީ އެ ދެ މެޖިސްޓްރޭޓުންނާ ގޫޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ސާބިތުވެފައިވާތީ ކަމަށެވެ. އަދި އެ ދެ މެޖިސްޓްރޭޓުންގެ ކިބައިގައި ހުރިން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލެއް ކޮށްފިކަމަށް ކޮމިޝަނަށް އިއްތިފާގުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެން ނަމަވެސް ދެ މެޖިސްޓްރޭޓުންނަށް ސާބިތުވީ ކޮން ސުލޫކީ މައްސަލައެއް ކަމަށް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި މާކުރަތު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިންއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅީ، އެ ކޯޓުގެ އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާ އަދި ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.

comment ކޮމެންޓް