އުތުރުގެ ހަތަރު ރަށެއްގައި މުޅިން އާ އިންޖީނުގެ އިމާރާތްތަކެއް އެޅުމަށް ބިންގާ އަޅައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން އެ އިންޖީނުގެތައް އެޅުމަށް ބިންގާ އަޅާފައިވަނީ ހއ. އުލިގަމްއާއި ހދ. ފިނޭގެ އިތުރުން ށ. ނަރުދޫއާއި ށ. ފޯކައިދޫގައެވެ.
ހަތަރު ރަށުގެ ތެރެއިން ފިނޭގެ އިންޖީނުގެ އިމާރާތް ކުރުމަށް އެލް އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައިވަނީ 5.24 މިލިއަން ރުފިޔާއަށެވެ. މަސައްކަތް ނިންމަން އެއްބަސް ވެފައިވަނީ އަންނަ އަހަރުގެ މާޗް 19 ވަނަ ދުވަހުގެ ކުރިންނެވެ.

ހދ. ފިނޭ އިންޖީނުގޭގެ ބިންގާ އެޅުއްވުމަށްފަހު --- ފޮޓޯ: ފެނަކަ
އުލިގަމް އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާއެވެ. ގާތްގަނޑަކަށް 5.6 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަސައްކަތް ނިންމަން ޖެހެނީ އަންނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުގެ ކުރިންނެވެ.

ހއ. އުލިގަމް އިންޖީނުގޭގެ ބިންގާ އެޅުމަށްފަހު ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ އެކު ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ: ފެނަކަ
ނަރުދޫ އިންޖީނުގެ އެޅުމަށް 5.11 މިލިއަން ރުފިޔާއަށް ހަވާލު ކުރީ ސީސައިޑް ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތް ނިންމުމަށް އެއްބަސް ވެފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުގެ ކުރިންނެވެ.

ށ. ނަރުދޫ އިންޖީނުގޭގެ ބިންގާ ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހްމަދު މުހައްމަދު ސައީދު (ކ) އާއި އިތުރު ފަރާތަކުން އަޅުއްވައި ދެނީ --- ފޮޓޯ: ފެނަކަ
ފޯކައިދޫ އިންޖީނުގެ އެޅުމަށް ހަވާލުކުރީ ވަލީދު ކޮންސްޓްރަކްޝަންއާ އެވެ. އަންނަ އަހަރުގެ އޭޕްރީލް 19 ވަަނަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ 5.66 މިލިއަން ރުފިޔާއަށެވެ.