ކަނޑުތައް ގަދަ، މޫސުމަށް ސަމާލުވޭ

މޫސުން ގޯސްވުން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިދުވަސްކޮޅަކީ ވިއްސާރަވުމުން ރާއްޖޭގެ ބޮޑު ބައެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ދަތުރުފަތުރުގައި ސަމާލުވުމަށް މޯލްޑިވްސް މީޓިއަރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރުވެސް ވިއްސާރަކުރަމުން ދާއިރު ކުރިއަށް އޮތް ތަނުގައިވެސް ވިއްސާރަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ސްކޫލުތަކުގެ ބޮޑު ޗުއްޓީގައި ގިނަ ބަޔަކު އެކި ރަށްތަަކަށް ދަތުރުކުރާ ދުވަސްވަރަކަށް ވުމުން ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އުތުރާއި މެދުރާއްޖޭގެ ކަނޑުތައް މި ދުވަސްވަރު ގަދައިރު ވިލާގަނޑުގައި ދެކުނުގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު ތިން މޭލާއި 13 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި އުތުރާއި މެދުރާއްޖެއަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ހުރިހާ ސަރަހައްދަށް ގަޑިއަކު 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް