"ތަލައިވީ" ރިލީޒްކުރާ ދުވަސް ހާމަކޮށްފި

ފިލްމުގައި ކަންގަނާ ފެނިގެންދާނެ ގޮތް---

ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު 'ތަލައިވީ'ގައި ކަންގަނާ ރަނައުތު ފެނިގެންދާ ގޮތް ދައްކާލައި ފިލްމު ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. އެ ފިލްމުގެ ލީޑު ބަތަލާއެއްގެ ރޯލުން ކަންގަނާ ފެނިގެންދާއިރު އޭނާ އެ ފިލްމު ކުޅެދެނީ 24 ކުރޯރު ރުޕީޒް (34,69,687 އެމެރިކާ ޑޮލަރު) އަށެވެ.

ފިލްމު ޓީޒާ މިހާރު އާންމުކޮށްފައިވާ އިރު އާންމުކޮށްފައިވާ ޕޯސްޓަރަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ކަންގަނާގެ މޭކަޕަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަންގަނާ ބުނީ 'ތަލައިވީ' އިން ފުރުސަތު ލިބުނީ އަމިއްލަ ބަޔޮޕިކްގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޖަޔާލަލީތާގެ ވާހަކަ އާއި ކަންގަނާގެ އަމިއްލަ ވާހަކަ ވަރަށް އެއްގޮތް ނަމަވެސް ޖަޔަލަލީތާގެ ވާހަކަ މާ ކާމިޔާބު ވާނެ ކަމަށެވެ.

"އެހެންވެ އަމިއްލަ ބަޔޮޕިކް އާއި ޖަޔާލަލީތާގެ ބަޔޮޕިކް އިން އެއް ފިލްމު ނަގަން ޖެހުމުން އަހަރެން ނިންމީ ޖަޔާލަލީތާގެ ފިލްމު ކުޅެން،" ކަންގަނާ ބުންޏެވެ.

comment ކޮމެންޓް