ސާކް ޗެސް ޗެމްޕިއަންޝިޕަށް އާލާއާއި މުހައްމަދު ބަންގްލަދޭޝްއަށް

ސާކް ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ބަންގްލަދޭޝްއަށް ފުރި ދިވެހި ޓީމު --- ފޮޓޯ// ޗެސް އެސޯސިއޭޝަން

މި މަހުގެ 25 ފަށާ 1 ވަނަ ސާކް ޗެސް ޗެންޕިއަންޝިޕް ގައި ބައިވެރި ވުމަށް ދިވެހި ޗެސް ޓީމް ބަންގްލަދޭޝްއަށް ފުރައިފި އެވެ.

ބަންގްލަދޭޝްގެ ޑާކާގައި މި މަހުގެ 25 އިން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސާކް ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ދިވެހި ޓީމު ފުރައިފި އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ބައިވެރިވެފައި ވަނީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި އަފްގާނިސްތާނުގެ އިތުރުން ޕާކިސްތާން އެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވީ އޯޕަން ޑިވިޝަންގައި މުޙައްނަދު ހަސަން އަދި އަންހެން ޑިވިޝަންގައި ބައިރެވީ އާލާ މުޙައްމަދު ނައުޝާދު އެވެ. މި ކުޅުންތެރިން ވަނީ ބަންގްލަދޭޝްގެ މުބާރާތަށް ފުރުމުގެ ކުރިން ރާއްޖޭގައި ރަނގަޅު ތަމްރީންތަކެއް ހަދައިފަ އެވެ. އާލާ ވަނީ މިއަހަރު ކުރީ ކޮޅު އިންޑިއާގެ ނިއުދިއްލީގައި އޮތް ކޮމަންވެލްތް ޗެސް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ތަމްސީލުކޮށްދީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ޗެސް އެސޯސިއޭޝަނެއ ހެދިފައި އޮތް ނަމަވެސް އެ ކުޅިވަރަކީ ހަގީގަތުގައި މާ ބޮޑު ސަމާލުކަމެއް ދެވިފައި އޮތް ކުޅިވަރެއް ނޫންކަމުން ޗެސް އާކޭޑެއްހާ ހިސާބުވެސް ބިނާ ކުރެވިފައެއް ނެތެވެ. ނަމަވެސް އައު ސަރުކާރުގެ ވައުދާ އެކު ޗެސް އެސޯސިއޭޝަނަށް ދިރުން ގެނެސް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ޗެސް ކުޅުމަށް ހާއްސަކޮށްގެން އާކޭޑެއް ވަނީ ހުޅުވާފަ އެވެ.

އެއަށްފަހު ރާއްޖޭގައި ރާޒުވާ ކުޅުމުގެ ފޯރި ހިއްޕާލަމުން ދާއިރު ރާއްޖޭގެ ރާޒުވާ ކުޅުންތެރިން އަންނަނީ ބައިނަލް އަގުވާމީ މުބާރާތްތަކުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ.

ޗެސް އަކީ މިހާރު މިސަރަހައްދުގައި ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. އަދި ހަމަ މިހާރު ދިވެހިރާއްޖޭގެ ނެޝަނަލް ޗެސް އާކޭޑްގައި ކުރިޔައްދާ އެސޯސިއޭޝަން ކަޕް ގައިވެސް ވަނީ އިންޑިޔާގެ ނެޝަނަލް ޓީމަށް ކުޅެފައިވާ ކުޅުންތެރިން ބައިވެރިވެފައިވެ.

މި މަހުގެ 21 އިން 30 އަށް ކުރިއަށްދާ މި މުބާރާތުގައި 52 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތަކީ އިންޓަނޭޝަނަލް ޗެސް ފެޑެރޭޝަންގައި ރަޖިސްޓިރީ ވެގެން ކުރިޔަށްދާ ފިޑް ރޭޓަޑް މުބާރާތެކެވެ.

comment ކޮމެންޓް