ރަފީ ޖަމިއްޔާއިން ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިިފި

ގްލޯބަލް ޔޫތް ބްލަޑް ޑޮނޭޝަން ކޭމްޕުގައި ލޭ ހަދިޔާ ކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގްލޯބަލް ޔޫތް ބްލަޑް ޑޮނޭޝަން ކޭމްޕުގެ ދަށުން ރާއްޖޭގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ރަފީ ޖަމިއްޔާ އިން އިންތިޒާމުކޮށްގެން ރާއްޖޭގައި މި ހަރަކާތް ކުރިއަށްގެންދާއިރު ލޭ ހަދިޔާ ކުރުމުގެ އިންތިޒާމު ތެލެސީމިޔާ ސެންޓަރުގައި ވަނީ ހަމަޖައްސައިފައެވެ.

މިއަދު މެންދުރު ދެއަކުން މިރޭ 10 އަށް ކުރިއަށްގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕުގައި ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް ރަފީ ޖަމިއްޔާ އިން ބުންޏެވެ.

"މިހާރުވެސް ގިނަ ބަޔަކު އައިސް ލޭ ހަދިޔާ ކޮށްފި. ރަނގަޅު ތަރުހީބެއް މި ހަރަކާތަށް ލިބެމުން ދަނީ. އަދިވެސ އައިސް ލޭ ހަދިޔާ ކުރުމުގެ ފުރުސަތު އާންމުންނަށް އެބައޮތް،" ރަފީ ޖަމިއްޔާގެ އޮފިޝަލަކު ބުންޏެވެ.

ގްލޯބަލް ޔޫތް ބްލަޑް ޑޮނޭޝަން ކޭމްޕު -- ސަން ފޮޓޯ: ފަޔާޒު މޫސާ

މިއަދުގެ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފައްޓަވާދެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސެން އަމަން އެވެ.

ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރަފީ ޖަމިއްޔާގެ ރައީސާ އާއިޝަތު ރަފިއްޔާ ވިދާޅުވީ ގައުމުގެ ތަރައްގީގައި އިންސާނިއްޔަތު ކަމަކީ މުހިއްމު ކަމެއް ކަމަށެވެ. އިންސާނިއްޔަތަށްޓަކާ، ލޭ ބޭނުންވާ މީހުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިއްމުކަން ރަފިއްޔާ ފާހަގަ ކުރެއްވިއެވެ.

ގްލޯބަލް ޔޫތް ބްލަޑް ޑޮނޭޝަން ކޭމްޕުގައި ލޭ ހަދިޔާ ކުރަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ތެލެސީމިއާ ކުދިން ރާއްޖޭގައި ގިނަކަން ފާހަގަ ކުރައްވާ ރަފިއްޔާ ވިދާޅުވީ އަދިވެސް ޕަސެންޓޭޖުގެ ގޮތުން ބަލާއިރު ތެލެސީމިއާ ހުންނަ ފަރާތްތައް އިތުރުވަމުންދާ ކަމަށެވެ.

ގްލޯބަލް ޔޫތު ބްލަޑް ޑޮނޭޝަން ކޭމްޕް ހަތް ގައުމެއްގައި ކުރިއަށްގެންދާނެއެވެ. އެގޮތުން ލަންކާ، ނޭޕާލް، ޕާކިސްތާނު، އިންޑިއާ، އެފްރިކާގެ ދެ ގައުމެއް އަދި އަފްގާނިސްތާނުގައިވެސް މި ހަރަކާތް ކުރިއަށްގެންދާނެއެވެ.

comment ކޮމެންޓް