"ޖަވާނި ޖާނެމަން" އަޅުވާ ތާރީހް ހާމަކޮށްފި

ފިލްމުގެ ޕޯސްޓަރެއް--

ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ޖަވާނީ ޖާނެމަން" ރިލީޒްކުރާ ދުވަސް ހާމަކޮށްފިއެވެ.

އެ ފިލްމު އަޅުވަން ކުރިން ނިންމީ މި މަހު 29ގައެވެ. ނަމަވެސް އެ ފިލްމު ވަނީ ތާރީހު އިއުލާންކުރުމެއް ނެތި ފަސްކޮށްފައެވެ. މިހާރު ފިލްމު އަޅުވާ ތާރީޚަކީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

ސައިފް އަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމުގެ ޝޫޓިން ވަނީ އިނގިރޭސިވިލާތުގައި ނިންމާލައިފަ އެވެ. އެ ފިލްމުން ސައިފް ފެނިގެންދާއިރު ޕޫޖާގެ ދަރިފުޅު ފިލްމުން ފެނިގެންދާނީ ސައިފްގެ ދަރީގެ ރޯލުންނެވެ.

އެ ފިލްމަކީ އަންހެން ކުއްޖަކާއި ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

comment ކޮމެންޓް