ނަހޫގެ "ބޮސް" މިހާރު ބައިސްކޯފުން ބަލައިލެވޭނެ

ފިލްމު ބޮސްގެ ޕޯސްޓަރެއް-- ފޮޓޯ/ ނަހޫ

ބައިސްކޯފަށް އެއް އަހަރުގެ މުނާސަބާތާ ގުޅިގެން ފާތިމަތު ނަހުލާގެ "ބޮސް" އެ އެޕްލިކޭޝަންގައި ސްޓްރީމްކުރަން ނިންމިކަން އިއުލާންކުރީ މިމަސްތެރޭއެވެ.

އެ ފިލްމު ބައިސްކޯފު އެޕްލިކޭޝަނުން ދައްކާނެކަން އިއުލާންކުރުމާ ގުޅިގެން ގިނަ ބެލުންތެރިން އަންނަނީ އެ ފިލްމު އެޕްލިކޭޝަނުން ފެންނާނެ ވަގުތަކަށެވެ.

އެކި ފަހަރުމަތިން އޮލިމްޕަސް ސްކްރީނުގައި ދެއްކި ވާހަކަ ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ)ގެ ބޮސް މިހާރު ބައިސްކޯފު އެޕްލިކޭޝަނުން ބަލައިލެވޭނެއެވެ. އެ އެޕްލިކޭޝަނުން ފިލްމު ސްޓްރީމްކުރުމާ ގުޅިގެން ބޮސް ނުބެލި ތިބި މީހުންނަށް ފިލްމު ބެލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ބޮސް ބެލި މީހުންނަށްވެސް މި ފިލްމު އަލުން ބަލައިލުމުގެ ފުރުސަތު އޮންނާނެއެވެ.

ފިލްމު ބޮސްގެ ޕޯސްޓަރެއް-- ފޮޓޯ/ ނަހޫ

"ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސްއިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެވެ.

comment ކޮމެންޓް