ސީރީޒް "އަހަރެންވެސް ލޯބިވޭ"ގެ ދެވަނަ ސީޒަންގެ ޝޫޓިން ފަށަނީ

އަހަރެންވެސް ލޯބިވޭ ޝޫޓިންގެ ތެރެއިން---

މީ ޕްރޮޑަކްޝަނުން ގެނެސްދިން ވެބް ސީރީޒް "އަހަރެންވެސް ލޯބިވޭ"ގެ ދެވަނަ ސީޒަންގެ ޝޫޓިން ފެށުމަށް ނިންމައިފި އެވެ.

މީ ޕްރޮޑަކްޝަނުން ބުނީ އެ ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިން އަންނަ ހަފްތާތެރޭ ފަށާނެ ކަމަށެވެ. އަހަރެން ވެސް ލޯބިވޭ އަކީ ދެ އާއިލާއެއްގެ ދެމެދުގައި ހިނގާ ހަތަރެސްކަން ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ.

ސީރީޒްގައި ހަރަކާތްތެރިވާނެ ތަރިންނަކީ މާއެނބޫ، އާއިޝަތު ޔާސިރާ، ކުޑަ ސޮބާ އަދި ނެށުންތެރިޔާ ފާތިމަތު ސަމާއެވެ. އޭގެ އިތުރުން އެ ސީރީޒްގައި ހަރަކާތްތެރިވާނީ މަރިޔަމް ހަލީމް، އަލީ ފާރޫގް އަދި ޒުލައިހާ މަނިކެވެ.

މީ ޕްރޮޑަކްޝަނުން އެންމެ ފަހުން އުފެއްދި ފީޗާ ފިލްމަކީ ބިރިުވެރި ފިލްމި "ކާކު؟" އެވެ. އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށް އުފައްދާފައިވާ ފިލްމެކެވެ.

comment ކޮމެންޓް