ފިލްމް އެވޯޑްސްގެ ނޮމިނޭޝަނުން ޑާކްރެއިން ވިދާލައިފި!

އަށްވަނަ ފިލްމް އެވޯޑްސް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

މިމަހު ބޭއްވުމަށް ހަމަޖެހިފައިވާ "ފިލްމު އެވޯޑްސް 9" އަށް ނަން ހުށަހެޅި ފީޗާ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ކެޓަގަރީތަކުން ނޮމިނޭޓްވި ފިލްމްތަކުގެ ތެރޭގައި ޑާކްރެއިން އެންޓަޓެއިންމެންޓް ހިމެނިއްޖެ އެވެ.

ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފިލްމު އެވޯޑްސްއަށް މިއަހަރު ހުށަހަޅާފައިވަނީ 12 ފީޗަރ ފިލްމާއި އެއް ކުރު ފިލްމެވެ.

މިރޭ އާންމު ކުރި ނޮމިނޭޝަންސްގައި ވާގޮތުން އެންމެ މޮޅު ފަސް ފިލްމުގެ ގޮތުގައި ނޮމިނޭޓްވެފައި ވަނީ ދިވެހި ފިލްމު، އިލްނޮއިސް، ފިލްމު ހައްދު، ފިލްމު ދެވަންސޫރަ، ދިވެހި ފިލްމު ވިޝްކާ އަދި ދިވެހި ފިލްމު ވަކިން ލޯބިން އެވެ.

އޭގެ އިތުރުން މިރޭ ވަނީ އެންމެ މޮޅު ޑައިރެކްޓަރު އަދި އެންމެ ސަޕޯޓިންގް އެކްޓަރު (އަންހެން) އަދި އެންމެ މޮޅު އެކްޓަރު (އަންހެން) އަދި އެންމެ މޮޅު އެކްޓަރު ފިރިހެންގެ ނޮމިނެޝަންސްތައްވެސް އިއުލާނުކޮށްފަ އެވެ.

މިރޭގެ ނޮމިނޭޝަންސްއަށް ބަލާއިރު ޑާކްރެއިންގެ ދެ ފިލްމެއް ވަނީ އެކި ކެޓަގަރީތަކުން ނޮމިނޭޓްވެފަ އެވެ. އެއީ ޑާކްރެއިންގެ ވަކިން ލޯބިން އަދި މިއީ ލޯތްބަކީ އެވެ. މިއީ ލޯތްބަކީއިން އެންމެ މޮޅު އަންހެން އެކްޓަރުގެ މަގާމަށް ފިލްމީ ތަރި މަރިޔަމް އައްޒަ ވަނީ ނޮމިނޭޓްވެފަ އެވެ.

އޭގެއިތުރުން ޑާކްރެއިންގެ ވަކިން ލޯބުން ފިލްމުން މަރިޔަމް މަޖުދާ އެންމެ މޮޅު އެކްޓަރުގެ މަގާމަށް ވާދަކުރާއިރު ހަމަ އެ ފިލްމުން މުހައްމަދު ޖުމައްޔިލު ނިމާލް އެންމެ މޮޅު ފިރިހެން އެކްޓަރުގެ މަގާމަށް ވާދަކުރެ އެވެ. އަދި އެންމެ މޮޅު ސަޕޯޓިން އަންހެން އެކްޓަރުގެ މަގާމަށް އެ ފިލުމް ހަދީޖާ އިބްރާހިމް ދީދީ އަދި ނުޒުހަތު ޝުއައިބު ވާދަކުރެ އެވެ.

އަށްވަނަ ފިލްމު އެވޯޑްސްގައިވެސް ގިނަ އެވޯޑްތައް ހޯދައި އެންމެ މޮޅު ފިލްމުގެ އެވޯޑްވެސް ހޯދ ޑާކްރެއިންގެ ޑައިރެކްޓަރު އަލީ ޝިފާއު ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ ގޮތުގައި ނޮމިނޭޓްވެފަ އެވެ.

ދެން އެންމެ ގިނައިން ނޮމިނޭޝަންސްތަކުގެ ތެރޭގައި ހިމެނެނީ ޑައިރެކްޓަރު އަބްދުލްފައްތާހުގެ ހައްދު އަދި ރަވީ ފާރޫގުގެ ވިޝްކާ އެވެ.

ފީޗަ ފިލްމުގެ ބައިން އެންމެ މޮޅު އެކްޓަރު (އަންހެން)

  • މަރިޔަމް އައްޒަ - މީ ލޯތްބަކީ
  • މަރިޔަމް އައްޒަ - ހައްދު
  • އައިޝަތު ރިޝްމީ - ވިޝްކާ
  • މަރިޔަމް މަޖުދާ - ވަކިން ލޯބިން
  • ނުޒުހަތު ޝުއައިބު - މަލިކާ

ފީޗަ ފިލްމުގެ ބައިން އެންމެ މޮޅު އެކްޓަރު (ފިރިހެން)

  • މުހައްމަދު މުންތަސިރު - އިލް ނޮއިސް
  • ޔޫސުފް ޝަފީއު - ދެވަންސޫރަ
  • ރަވީ ފާރޫގު - ވިޝްކާ
  • މުހައްމަދު ޖުމައްޔިލު ނިމާލް - ވަކިން ލޯބިން
  • އިސްމާއިލް ޒުހައިރު - މަލިކާ

ފީޗަ ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު (އަންހެން)

  • ފާތިމަތު އާޒިފާ - ބޮސް
  • ފައުޒިއްޔާ ހަސަން - ހައްދު
  • ފާތިމަތު އާޒިފާ - ދެވަންސޫރަ
  • ހަދީޖާ އިބްރާހިމް ދީދީ - ވަކިން ލޯބިން
  • ނުޒުހަތު ޝުއައިބު - ވަކިން ލޯބިން

ފީޗަ ފިލްމުގެ ބައިން އެންމެ މޮޅު ސަޕޯޓިންގް އެކްޓަރު (ފިރިހެން)

  • އިބްރާހިމް ޖިހާދު - ބޮސް
  • އަލީ އާޒިމް - ހައްދު
  • އިބްރާހިމް ޖިހާދު - ދެވަންސޫރަ
  • އަހުމަދު ސައީދު - ވިޝްކާ
  • އަލީ އާޒިމް - ދެވަންސޫރަ

އެންމެ މޮޅު ޑައިރެކްޓަރު

  • އިސްމާއިލް ނިހާދު - އިލް ނޮއިސް
  • އަބްދުލް ފައްތާހު - ހައްދު
  • ޔޫސުފް ޝަފީއު - ދެވަންދޫރަ
  • ރަވީ ފާރޫގު - ވިޝްކާ
  • އަލީ ޝިފާއު - ވަކިން ލޯބިން

ފިލްމް އެވޯޑްސް ބާއްވަން ނިންމާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

comment ކޮމެންޓް