29 ދާއިރާއަކުން ބޯޓިންގް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރު ބޭއްވި ބޯޓިންގް އެވޯޑްސްގެ ތެރެއިން-- ފޮޓޯ: ބޯޓިންގް އެވޯޑްސް އެމްވީ

ނެޝަނަލް ބޯޓިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް)އިން ދޭ މޯލްޑިވްސް ބޯޓިންގް އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންބީއެމްއިން ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެވޯޑް ދިނުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގަ އެވެ.

ބޯޓިންގް އެވޯޑްސްއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ ޖަޖުންގެ ޕެނަލުން ދޭ 70 އިންސައްތަ މާކްސް އަދި އޮންލައިން ވޯޓުތަކުން ލިބޭ 30 އިންސައްތަ މާކްސްއިންނެވެ.

މިއަހަރުގެ ބޯޓިންގް އެވޯޑަށް 29 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އޭގެ ތެރޭގައި އަހަރުގެ އެންމެ ރަނގަޅު ބޯޓް ޑިޒައިން، އެންމެ މަގުބޫލު އިންޝުއަރެންސް ޕާޓްނަރު، އެންމެ ރަނގަޅު އާފްޓާ ސޭލްސް ސާވިސް، އަހަރުގެ އެންމެ ރަނގަޅު މެރިން އިންޖީން (މެއިން އަދި އައުޓްބޯޑް)، އެންމެ ރަނގަޅު ބޯޓް އިކުއިޕްމަންޓް ސަޕްލަޔަރު އަދި ޔޮޓް ބްރޭންޑް ހިމެނެ އެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑްސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރު އެވެ.

comment ކޮމެންޓް