ގުޅީފަޅުން ލޭބަރުންނަށް ހާއްސަ އެޕާޓްމެންޓްތަކެއް ކުއްޔަށް ދެނީ

ގުޅީފަޅު ---

ގުޅީފަޅުގައި މުވައްޒަފުން ބައިތިއްބުމަށް ގާއިމްކޮށްފައިވާ އެޕާޓްމެންޓްތަކުގެ ތެރެއިން ބައެއް އެޕާޓްމެންޓްތައް ކުއްޔަށް ދޭން އިއުލާނުކޮށްފި އެވެ.

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މުވައްޒަފުން ބައިތިއްބަން ހާއްސަކުރެވިފައިވާ އެޕާޓްމެންޓްތަކުގެ ތެރެއިން މިހާރު މަރާމާތުކޮށް ނިންމާފައިވާ އެޕާޓްމެންޓްތައް ކުއްޔަށް ދޫކުރަން އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެ އެޕާޓްމެންޓްތައް ކުއްޔަށް ދޫކުރެވޭނީ ހަމައެކަނި މުވައްޒަފުން ބޭތިއްބުމަށް ކަމަށްވެސް އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެޕާޓްމެންޓް ކުއްޔަށް ދޫކުރަން ގްރޭޓާ މާލެ ކުންފުނިން ނިންމާފައިވާ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަން ދީގެންނެވެ.

"ފަސްޓް ކަމް ފަސްޓް ސާވް ބޭސިސްގެ ގޮތުގައި ކަނޑައަޅާނީ މި ކުންފުންޏަށް ފޯމު ހުށަހެޅުމުން ދޫކުރާ ނަމްބަރު ތަރުތީބުން." ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ގުޅީފަޅުން އެޕާޓްމެންޓް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ވަގުތީ ހިދުމަތަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރުމަށް ފަހު ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ ހެޑް އޮފީހަށް ހުށަހަޅަން އިއުލާނުގައި ބުނެފައިވެ އެވެ. އެފޯމު އެ އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް