ދާރުލްއާސާރަކާއެކު އުތީމު ހަނދާނީ މަރުކަޒު އިތުރަށް ތަރައްގީކުރަަން ހެރިޓޭޖް މިނިސްޓްރީން ނިންމައިފިއެވެ.
އުތީމުގައި ހުންނަ ބޮޑުތަކުރުފާނަށް ނިސްބަތްވާ ތާރީހީ ގަނޑުވަރު މިހާރު ހިންގަމުންދަނީ އުތީމު ހަނދާނި މަރުކަޒުންނެވެ. އެ މަރުކަޒުގައި ހޯލަކާއި އޮފީސްއަކާއި ލައިބްރަރީއެއްވެސް ހުރެއެވެ. އަދި އެތަނާ ޖެހިގެން ސްކޫލެއްވެސް ކުރިން ހިންގިއެވެ.
އެ ސްކޫލު ހިންގި އިމާރާތުގައި ދާރުލް އާސަރަކާއި އަދި ބޭރުގައި ކެފޭއަކާއި ސުވެނިއާ ފިހާރައަކީ އަގްޒިބިޝަނެއް ހެދުމަށް ނިންމާފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެެ.
އެ ޕްރޮޖެކްޓަށް މިއަހަރުގެ ބަޖެޓުގައި 1.6 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ތޯރިގް މިރޭ "ސަން"އަށް މިރޭ ވިދާޅުވީ އެ މަސައްކަތުގެ ކޮންސެޕްޓް ޑިޒައިން ހަދައި އެތަން ކުރަހައިދޭނެ ފަރާތެއް ހޯދުމަށް މިހާރު އިއުލާންވެސް ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.