ސެލީނާގެ އާ ލަވައިން އޭނާއަށް ފުރަތަމަ އެއްވަނަ

ސެލީނާ ގޮމޭޒްގެ އާ ލަވަ "ލޫސް ޔޫ ޓު ލަވް މީ"ގެ މިއުޒިކް ވިޑިއޯއިން މަންޒަރެއް --- ފޮޓޯ : އިންޓަސްކޯޕް

މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒްގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އޭނާއަށް ބިލްބޯޑުގެ "ހޮޓް 100"ގެ އެއްވަނަ ހޯދައިފި އެވެ.

ސެލީނާ މިއުޒިކާ ދުރުގައި އުޅުމަށްފަހު ދާދި ފަހުން އޭނާ ނެރުނު ލަވަ "ލޫސް ޔޫ ޓު ލަވް މީ" އަށް ދަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.

ސެލީނާގެ މިއުޒިކް ކެރިއަރުގައި މީގެކުރީން އޭނާއަށް ބިލްބޯޑުގެ ޗާޓުގައި އެއްވަނައެއް ލިބިފައެއް ނުވެއެވެ. ލިސްޓުގެ އެއްވަނައަށް ސެލީނާގެ ލަވައެއް އެރުމުން އެކަން ސެލީނާއަކަށް ގަބޫލެއްވެސް ނުކުރެވުނެވެ.

ސެލީނާ ބުނެފައިވާގޮތުގައި އޭނާގެ ކުރިއެރުމަށް ފޭނުން ދޭ ލޯތްބަށް އަބަދުވެސް ވަރަށް ބޮޑަށް ޝުކުރުވެރިވާނެއެވެ.

ބިލްބޯޑުގެ ޗާޓުގެ އެއްވަނައަށް އެ ލަވަ އެރިއިރު ރޯލިން ސްޓޯންގެ ޗާޓުގެ އެއްވަނައިގައިވެސް އޮތީ ސެލީނާގެ އާ ލަވައެވެ.

ރޯލިން ސްޓޯން އާއި ބިލްބޯޑުގެ އެއްވަނަ ހޯދުމާއެކު ސެލީނާއަށް ވަނީ ރެކޯޑެއްވެސް ގާއިމުކުރެވިފައެވެ. އެއީ އެއްވަގުތެއްގައި ދެ ޗާޓުގެ އެއްވަނައިގައި އިނުމެވެ. ރޯލިން ސްޓޯން އާއި ބިލްބޯޑުގެ ޗާޓުގެ އެއްވަނައިގައި އެއް ވަގުތެއްގައި އެއް ލަވައެއް އިން މިއީ ފުރަތަމަ ފަހަރެވެ.

ސެލީނާގެ އާ ލަވައިގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ޖަސްޓިން ބީބާއާ ދެމީހުންގެ ދުޅުމުގެ ވާހަކަ ދައްކައެވެ. އަދި ޖަސްޓިން އަކީ އޭނާއަށް ރަނގަޅު ނޫން މީހެއް ކަމަށް ލަވައިގައި އިޝާރާތްކުރެއެވެ.

comment ކޮމެންޓް