ބަންސާލީ ގެނެސްދޭ ފިލްމެއްގެ ލީޑު ރޯލު ރަންވީރާއި ޕްރިޔަންކާ އަށް؟

ޕްރިޔަންކާ އާއި ރަންވީރު ސިންހް--

ކާމިޔާބު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ 2021 ވަނަ އަހަރަށް ތާވަލްކޮށް ގެނެސްދޭ ފިލްމު ބައިޖޫ ބަވްރާގެ ލީޑު ރޯލު ކުޅެން ޕްރިޔަންކާ ޗޯޕްރާ އަށާއި ރަންވީރު ސިންހް އަށް ހުށައަޅައިފައިވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.

އެ ފިލްމަކީ މިއުޒިކަލް ސާގާއެކެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމު ކުރިން ހުށައެޅީ ބަތަލު އަޖޭ ދޭވްގަން އަށެވެ. ނަމަވެސް އަންނަ އަހަރު ބަންސާލީގެ "ގަންގޫބާއީ" އަށް އޭނާ ހަމަޖައްސައިފައި ވާތީ އެ ފިލްމުގެ ފިރިހެން ލީޑު ރޯލުކުޅެން ރަންވީރަށް ހުށައަޅައިފައިވާ ކަމަށެވެ.

ފިލްމު ބައިޖޫ ބަވްރާ އިއުލާންކުރި އިރު ބަންސާލީ ފިލްމުގެ ލީޑު ތަރިން ހާމަކޮށްފައިނުވި ނަމަވެސް ފިލްމު 2021 ވަނަ އަހަރު ގެނެސްދޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

ރަންވީރު އާއި ޕްރިޔަންކާ ވަނީ މީގެ ކުރިންވެސް ބަންސާލީ އާއެއްކޮށް މަސައްކަތްކޮށްފަ އެވެ. އެ ފިލްމަކީ ރަންވީރުގެ އަނބިމީހާ ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ އަންހެން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު "ބަޖިރާއޯ މަސްތާނީ" އިންނެވެ.

comment ކޮމެންޓް