ދެ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ބަންޑުން ޖަހާލައިފި

ކޯސްޓްގާޑުގެ އުޅަނދެއް --- ފޮޓޯ: އެމްއެންޑީއެފް

ދެ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ބަންޑުން ޖަހާލީ "އިބާ" ނަމަކަށް ކިޔާ، 46 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.

ރޭ 10:21 ހާ އިރު ރިޕޯޓުކުރި މި ހާދިސާ ހިނގީ ގދ. ހައޮޑިގަލާ ކައިރިންނެވެ.

އެ ހާދިސާ ހިނގި އިރު އޭގައި ދެ މީހުން ތިބި ކަމަށާއި، މިހާރު އެ ދެ މީހުން ސަލާމަތުން ތިއްބާ ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް