ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސްވެރިކަމަށް ހާއްސަ ޖެޓްސްކީއެއް ތައާރަފުކޮށްފި

ޑީޓެކްއިން ތައާރަފްކުރި މަސްވެރިކަމަށް ޚާއްސަ. ސީޑޫ ފިޝްޕްރޯ ޖެޓްސްކީ-- ފޮޓޯ: ޑީޓެކް

މަސް ބާނަން ދާ ފަރާތްތަކަށް ބޭނުންވާ މުހިންމު ކަންތައްތައް ހިމެނޭ ޖެޓްސްކީއެއް ޑީޓެކްއިން ތައާރަފްކޮށްފި އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ ތެރެއިން ތައާރަފުކުރި ސީޑޫ ފިޝްޕްރޯ ނަމަކަށް ކިޔާ އެ ޖެޓްސްކީއަކީ ތިން މީހުންގެ ޖާގައިގެ ޖެޓްސްކީއެކެވެ.

ފިޝްޕްރޯއާއި ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެމުން ޑީޓެކްގެ ސޭލްސް އެންޑް މާކެޓިންގް ބުނީ ސޭލްސް އެންޑް މާކެޓިންގް އޮފިސަރ އިބްރާހިމް ސަމާއު ވިދާޅުވީ މިއީ ރާއްޖޭގައި މިފަދަ ޖެޓްސްކީއެއް ތައާރަފްކުރާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ޖެޓްސްކީއަކީ މަސް ބާނަން ދާ ފަރާތްތަކަށް ބޭނުންވާ ގިނަ ސިފަތައް ހިމެނޭ ޖެޓްސްކީއެއް ކަމަށް ސަމާއު ވިދާޅުވި އެވެ.

"މި ޖެޓްސްކީގައި ހަތަރު ދޮށި ޖަހާލެވޭނެ. އަދި އަޅުގަނޑުމެން މި ޖެޓްސްކީ ވިއްކަނީ ގާމިން ބްރޭންޑުގެ ފިޝް ފައިންޑަރ އަކާ ވެސް އެއްކޮށް. ބާނާ މަސް ރައްކާ ކޮށްލެވޭ ފަދަ ޑްރައި ސްޓޯރޭޖެއް ވެސް މި ޖެޓްސްކީގައި ހުންނާނެ." އޭނާ ވިދާޅުވި އެވެ.

ފިޝްޕްރޯގައި މަސް ރައްކާ ކުރުމަށް ހުންނަ ޑްރައި ސްޓޯރޭޖް-- ފޮޓޯ: ޑީޓެކް

މީގެ އިތުރުން އެ ޖެޓްސްކީގައި ފޯނު ޗާޖު ކުރެވޭ ޕޯޓެއް ހިމެނޭ "ވޯޓަރ ޓައިޓް" ފޯން ކޮމްޕާޓްމަންޓަކާއި މަސް ބާނަން ބޭނުންކުރާ ބުޅިފަދަ ތަކެތި އަޅާނެ ފޮއްޓެއް ވެސް ހުރެ އެވެ.

މެރިން އެކްސްޕޯގައި ފިޝްޕްރޯގެ އިތުރުން މޫދު ކުޅިވަރުތަކަށް ހާއްސަ ޖެޓްސްކީތަކެއް ވެސް ޑީޓެކްއިން ވަނީ ދައްކާލާފަ އެވެ.

ސީޑޫ ސްޕާކް ޓްރިކްސް-- ފޮޓޯ: ޑީޓެކް

comment ކޮމެންޓް