އަމީތާބް ބައްޗަން އެޑްމިޓްކޮށްފި

އަމީތާބް ބައްޗަން----

ބޮލީވުޑްގެ ލެޖެންޑަރީ ތަރި އަމީތާބު ބައްޗަން އެޑްމިޓްކޮށްފިއެވެ.

އަމީތާބް މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ. އޭނާ އެޑްމިޓްކޮށްފައިވަނީ ކޮންމެ މަހަކުވެސް އޭނާ ހަދަމުން އަންނަ ބޮޑީ ޗެކަޕް ހަދަން ދިޔުމުންނެވެ.

ދާދި ފަހުން 77 އަހަރު ފުރުނު އަމީތާބު އެޑްމިޓްކުރީ ލިވާއަށް ދިމާވި މައްސަލައަކުންކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެކަމަށް އޭނާ ފަރުވާކުރަމުން އަންނަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އަމީތާބު އެންމެފަހުން ފެނިގެންދިޔައީ "ބަދްލާ"އިންނެވެ. ހަތްދިހައިގެ އަހަރުތަކުގައި ވިދާލި އަމީތާބް ވަނީ 200 އަށް ވުރެ ގިނަ ފިލްމުގައި ހަރަކާތްތެރިވެފައެވެ.

އަމީތާބުގެ ކުރިއަށް އޮތް ފިލްމަކީ "ބުރަހްމަސްތުރާ" އެވެ. ފިލްމު އަޅުވާނީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެންނާނީ އާލިއާ ބަޓްއާއި ރަންބީރު ކަޕޫރެވެ. "ބުރަހްމަސްތުރާ" ވާނީ އެ ދެތަރިން އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

comment ކޮމެންޓް