މުއާގެ "ލީނާ" ލީކް ކޮށްލުމުން ބައިސްކޯފަށް!

ލީނާގެ ޕޯސްޓަރެއް---

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާއެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން "އިންސްޕަޔާވެގެން" ތައްޔާރުކުރި ދިވެހި ފިލްމު "ލީނާ" ޔޫޓިއުބްގައި ލީކުކޮށްލާފައިވަނިކޮށް އެ ފިލްމު ޔޫޓިއުބުން ނަގައި ބައިސްކޯފުގައި ސްޓްރީމްކޮށްފި އެވެ.

މިދިޔަ ޖުލައި 23 ގައި ނުކުތް "ލީނާ" ޔޫޓިއުބަށް ލީކުކޮށްލާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. ފިލްމު މިހާރު ވަނީ ޔޫޓިއުބުން ނަގާފައެވެ. އަދި "ލީނާ" މިހާރު ބައިސްކޯފު އެޕްލިކޭޝަން އިން ބެލެން ހުންނާނެއެވެ.

މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ފިލްމު "ލީނާ" ޕްރިމިއާކުރި އިރު، މި ފިލްމު ނެރުމާ، އަޒްލީނާ ނަފީސްގެ އާއިލާއިން ވަރަށް ބޮޑަށް ދެކޮޅު ހަދައި، އަދި ފިލްމު ބޯއިކޮޓްކުރުމަށްވެސް ގޮވާލި އެވެ.

މި ފިލްމުގައި ލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނަނީ އަލީ އާޒިމް (ދޮން އައްޔަ)އެވެ. އަދި ފިލްމުން ފެނިގެންދާ އިތުރު ތަރީންގެ ތެރޭގައި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީމް އަދި އަހްމަދު ސައީދު ހިމެނެ އެވެ.

comment ކޮމެންޓް