"ބޫލް ބުލައްޔާ 2" ގެ ޝޫޓިން ވަރަށް ބާރަށް ކުރިޔަށް

ކިއާރާ އާއި ކާތިކް އާރްޔަން---

ކިއާރާ އަދުވާނީ އާއި މަޝްހޫރު ބަތަލު ކާތިކް އާރްޔަން ފެނިގެންދާ ފިލްމު ބޫލް ބުލައްޔާ 2 ގެ ޝޫޓިން ފަށައި ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ހަބަރުތައް ބުނެފިއެވެ.

ޝޫޓިން ރަސްމީކޮށް ފެށިކަން އެ ދެތަރިންގެ ސޯޝަލް މީޑީއާގައި ވަނީ ފޮޓޯއަކާ އެއްކޮށް ހިއްސާކޮށްފައެވެ. އެ ފިލްމަކީ 2007 ގައި އަކްޝޭ ކުމާރު ކުޅުނު "ބޫލް ބުލައްޔާ" ގެ ދެވަނަ ބައެވެ.

މުޅިން އާ ކާސްޓުންތަކާއެއްކޮށް ފިލްމުގެ ދެވަނަ ބައި ތައްޔާރުކުރާނީ އަނީސް ބަޒްމީއެވެ. އޭނާ ބުނީ އެ ފިލްމަށް މުޅިން އާ ކާސްޓުންތަކެއް ހިމެނީ ފިލްމުން ތަފާތު ދެއްކުމަށެވެ.

ފިލްމުގެ ފުރަތަމަ ބައިގައި އަކްޝޭ ކުޅުނީ ސައިކޭސްޓްރިކް އެއްގެ ރޯލެވެ.

ބުޝަން ކުމާރު ޓީ ސީރީޒްއިން ޕްރޮޑިއުސްކުރާ އެ ފިލްމު ސްކްރީންތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

މި ފިލްމަކީ ކިއާރާ އާއި ކާތިކްގެ ޖޯޑު ސްކްރީނުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް