ސީރިއާއިން ސިފައިން ބާލަން ޓްރަމްޕް ނިންމެވުމުން މުސްލިމް މެމްބަރަށް ކަމަކުނުދިޔަ

އިލްހާން އަދި ޓްރަމްޕް---

ސީރިއާގެ އުތުރުގައި ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުންދާ އެމެރިކާގެ ސިފައިން ބާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމުން އެމެރިކާގެ ކޮންގްރެސްގެ މުސްލިމް މެމްބަރު އިލްހާން އޮމަރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އާންމުކޮށް ޓްރަމްޕްއަށް ބަހުގެ ހަމަލާ ދެއްވާ އިލްހާން ވިދާޅުވީ ޓްރަމްޕްގެ ނިންމުމުގެ ސަބަބުން އޭގެ ހުރިހާ ފައިދާއެއް ނަގާނީ އައިއެސްއާއި އީރާނާއި އަދި ރަޝިއާއިންއެވެ. އަދި އެ ނިންމުމުގެ ސަބަބުން އެމެރިކާގެ ނިމުމެއް ނެތް ހަނގުރާމަތަކަށް ނިމުމެއް ނާންނާނެކަމަށްވެސް އިލްހާން ވިދާޅުވިއެވެ.

" މިއީ ސުލްހައަށް އެޅުނު ފާލެއް ނޫން." އިލްހާން ވިދާޅުވިއެވެ.

ނިމިގެން ދިޔަ ސަރުކާރުތަކުގައި އެމެރިކާއިން ބޮޑެތި ހަނގުރާމަތަކެއް ފެށިނަމަވެސް އެކަން އެގޮތަށް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ޓްރަމްޕް ރިޔާސީ ކެމްޕޭންގެ ތެރޭގައިވެސް ވިދާޅުވިއެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރު ނިމެން ކައިރިވެފައިވާއިރު މިހާތަނަށް އެމެރިކާއިން އާ އެއްވެސް ހަނގުރާމައެއް ފަށާފައެއް ނުވެއެވެ.

ހުދު ޓްރަމްޕް ގެންދަވަނީ އިރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށްވެސް ވަރަށް ބޮޑަށް ދެކޮޅަު ހައްދަވުމުންނެވެ. ޓްރަމްޕް ވަނީ އުތުރުކޮރެއާއާ ހަނގުރާމަކުރުމަށްވެސް ދެކޮޅު ހައްދަވައިފައެވެ.

ދާދި ފަހުން ޓްރަމްޕް ވަނީ އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަންވެސް މަގާމުން ވަކިކުރައްވައިފައެވެ. ޓްރަމްޕް، ބޯލްޓަން ސިފަކުރައްވައިފައިވަނީ ހަނގުރާމައަށް ކެތްމަދު ބޭފުޅެއްގެ ގޮތުގައެވެ.

ޓްރަމްޕްގެ ނިންމުމަށް ފާޑިވިދާޅުވިއިރު އިލްހާންއަކީ އެމެރިކާއިން ގެންގުޅޭ ހަނގުރާމައިގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާުޑުވިދާޅުވެއެވެ. އެހެންކަމުން އިލްހާން ސީރިއާގައި އެމެރިކާގެ ސިފައިން ބައިތިިއްބަން ނިންމި ނިންމުމަށް ތާއިދުކުރުމުން ގިނަ ބައެއްގެ ފާޑުކިއުން އިލްހާންއަށް ވަނީ އަމާޒުވެފައެވެ.

އެމެރިކާއިން ސީރިއާގެ އުތުރުގައި ހަރަކާތްތެރިވަނީ ސީރިއާގެ މިނިވަންކަމާއި އިސްތިގުލާލަށްވެސް ގޮންޖަހާފައެވެ. އެ ސަރަހައްދަކީ ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީން ދިރިއުޅޭ ސަރަަހައްދެއްވެސް މެއެވެ.

އެމެރިކާއިން ސީރިއާގެ އުތުރު ދޫކޮށްދާން ނިންމިއިރު ކުރުދީންގެ އެންމެ ބޮޑު ދުޝްމަން ތުރުކީން މިހާރު ދަނީ އެ ސަރަހައްދަށް ވަނުމަށް ތައްޔާރުވެސް ވަމުންނެވެ.

އިލްހާން ޓްރަމްޕްގެ ނިންމުމަށް ފާޑުވިދާޅުވިއިރު، އިލްހާންއާ ވަރަށް ބޮޑަށް ދެކޮޅު ސެނެޓާ ލިންޑްސޭ ގްރެހަމްވެސް ވަނީ އިލްހާމްއާ އެއްބައިވެ ވާހަކަދައްކަވައިފައެވެ. އިލްހާން އޭނާގެ އުފަން ގައުމު ސޯމާލިއާއަށް އަނބުރި ފޮނުވާލަން ޖެހޭ ކަމަށް ޓްރަމްޕް ދާދިފަހުން ވިދާޅުވުމުން އެކަމަށް ތާއިދުކުރެއްވި މެމްބަރުންގެ ތެރޭގައި ލިންޑްސޭވެސް ހިމެނެއެވެ.

comment ކޮމެންޓް