މާލޭގައި ފެންބޮޑުވެ، ފެންހިއްކަން ސިފައިން ނިކުމެއްޖެ

މީގެކުރިން ވިއްސާރަވި ދުވަހެއްގައި އައިޖީއެމްއެޗު ސަރަހައްދުގައި ފެން ބޮޑުވެފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މެންދުރު ކުރިން މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުން ފެންހިއްކުމަށް ސިފައިން ނިކުމެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މާލޭ ދުވާ ޓްރެކް ސަރަހައްދާއި އައިޖީއެމްއެޗު ސަރަހައްދުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ.

އައިޖީއެމްއެޗް ސަރަހައްދަކީ ވިއްސާރަވެއްޖެނަމަ އާންމުކޮށް ފެންބޮޑުވާ ސަރަހައްދެކެވެ. އެ ސަރަހައްދުން ފެންހިއްކުމަށް ސިފައިން ޕަމްޕު ޖެއްސުމަކީ އާންމުކޮށް ކުރާކަމެކެވެ.

ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅުމަށް ދަތުވެފައިވާއިރު ދުއްވާ އެއްޗެހި ދުއްވުމަށްވެސް ވަނީ ދަތިވެފަ އެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަ ކުރާނެ އެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓުން ލަފާކޮށްފައިވާއިރު ބައެއް ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް