"ފްރޯޒެން 2"ގެ ޓްރެއިލާ ބަލައިލަބަލަ!

ޓީޒާ ޓްރެއިލާގެ މަންޒަރެއް---

މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ އެނިމޭޓެޑް ފިލްމުގެ ރިކޯޑު މުގުރާލާފައިވާ މަޝްހޫރު ކާޓޫން، "ފްރޯޒެން"ގެ ދެވަނަ ފިލްމުގެ އެކްސްޑެންޓެންޑް ޓްރެއިލާ އާންމުކޮށްފިއެވެ.

ކާޓޫންގެ ފުރަތަމަ ބައި ދައްކާލީ 2013 ވަނަ އަހަރު އެވެ. "ފްރޯޒެން"ގެ ދެވަނަ ބަޔަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނައިރު ކާޓޫންގެ އެ ޓްރެއިލާ ވަނީ ފަސް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

ކްރިސް އަދި ޖެނިފާ ލީ ޑައިރެކްޓުކޮށް އުފައްދާފައިވާ އެ ކާޓޫން ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ފްރޯޒެންގެ މައިގަނޑު ކާސްޓް އެލްސާގެ އަޑު އަޅައިދީފައިވަނީ އެމެރިކާގެ ލަވަކިޔުންތެރިޔާ އިޑީނާ މެންޒަލްއެވެ. އަދި އާނާގެ އަޑު އަޅައިދީފައިވަނީ އެމެރިކާގެ ބަތަލާ ކްރިސްޓެން ބެލް އެވެ.

ހޮލީވުޑް ބޮކްސް އޮފީހުގައި 1.3 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފްރޯޒެން އަކީ މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބިފައިވާ ބޮޑެތި ފިލްމުތަކުގެ ލިސްޓުގައި ވެސް ހިމެނޭ ފިލްމެކެވެ.

comment ކޮމެންޓް