ލޯންޗު ތެރޭގައި ސިނގިރޭޓް ބޯން ތިބި ކަމަށް މަންޒަރުދުށް މީހުން ބުނޭ: ފުލުހުން

އޮކްޓޯބަރ 2، 2019: ފުލުހުންނާއި ހޯމް މިނިސްޓާރ ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

މިިދޔަ ހޯމަ ދުވަހު ޓީ ޗެޓީގައި ލޯންޗެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން އެ ލޯންޗު ތެރޭ ތިބި މީހުން ސިނގިރޭޓް ބުއިކަމަށް މަންޒަރުދުށް މީހުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ލޯންޗުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބައުޒަރެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި، 10 ބައުޒަރަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓީ ޗެޓީ އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ޗީފް ސްޕްރިޑެންޑް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ "ނެވި 3" ލޯންޗުގައި ކަމަށް ކަށަވަރުވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ސީދާ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމަށް ބަޝީރު ވިދާޅުވިއެވެ.

"މިހާތަނަށް ލިބިފައި ހުރި މައުލޫމަތުތަކަށް ބަލާއިރު، ބައެއް ވިޓްނެސުން [މަންޒަރުދުށް މީހުން] ލޯންޗުގައި ތިބި މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ނުވަތަ ސިނގިރޭޓް ބޮއެފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމަތު ލިބިފައިވަނީ،" ބަޝީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެވަގުތު ލޯންޗުގައު ހަތަރު މީހަކު ތިބި ކަމަަށެވެ. އެ މީޙުން އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާތީވެ، މިހާތަނަަށް އެމީހުންނާ ސުވާލު ނުކުރެވޭ ކަމަށ އޭނާ ވިދާޅުވިއެވެ.

މި ވަގުތު މި ހާދިސާގައި އަނިޔާ ލިބުނު ހަ މީހަކަށް ދަނީ ފަރުވާ ދެމުން. އޭގެ ތެރެއިން އެކަކު އޮތީ އައިސީޔޫ ގައި،" ބަޝީރު ވިދާޅުވިއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މި ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް ފަސް ބައުޒަރު އަނދާފައިވާ ކަމަށެވެ. ނަމަވެސް ބަޝީރު މިއަދު ވިދާޅުވީ، ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވަނީ ތިން ބައުޒަރު ކަމަށެވެ.

މި ހާދިސާގައި ނުވަ މީހަކަށް ވަނީ ފަރުވާ ދީފައެވެ.

އެންމެ ފުރަތަމަ ރޯވީ ލޯންޗުގައި ކަމަށް ފުލުހުން ބުނި ނަމަވެސް، "ނެވި 3" ގެ ވެރިޔާ އަބްދުﷲ ޒިޔާދު "ސަން" އަށް އިއްޔެ ބުނ، އެންމެ ފުރަތަމަ ރޯވެފައި ވަނީ ލޯންޗު ކައިރީގައި އޮތް ތެޔޮ ބައުޒަރުގައި ކަމަށެވެ.

comment ކޮމެންޓް