ޒެންޓެކް އަކީ އަބަދުވެސް ބޭސް ސިޓީއާ ނުލާ ވިއްކުން މަނާ ބޭހެއް: އެމްއެފްޑީއޭ

ޒެންޓެކް: ގެސްޓްރިކް މައްސަލައަށް ދޭ އެ ބޭސް، ޑޮކްޓަރެއްގެ އިރުޝާދު ހިމެނޭ ބޭސް ސިޓީއަކާ ނުލާ ވިއްކުން އަބަދުވެސް މަނާ ވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނޭ ---

ވައިގެ އުދަގުލަށް ދޭ ބޭހެއް ކަމަށްވާ ޒެންޓެކް އަކީ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ބޭސް ސިޓީ އަށް ނޫން ގޮތަކަށް އަބަދުވެސް ވިއްކުން މަނާ ބޭހެއް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

ވައިގެ އުނދަގޫ ނުވަތަ ގެސްޓްރިކް ވުމާއި ގޮހުރުގައި ފާރު އުފެދުމުގެ ބައްޔަށް ދެމުންދާ ޒެންޓެކް އުފެއްދުމަށް ބޭނުންކުރާ މާއްދާއެއްގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނުމާއި އެކު އެ ބޭސް ބޭނުން ކުރުމާއި މެދު ވަނީ ބައެއް މީހުންގެ މެދުގައި ނުތަނަވަސް ކަމެއް އުފެދިފަ އެވެ.

އެކަމާ ގުޅިގެން އެމްއެފްޑީއޭގެ ޑިރެކްޓަރ ފާމަސޫޓިކަލް ފަޒީން މުހައްމަދު 'ސަން' އަށް ވިދާޅުވީ، ޒެންޓެކް އަކީ ޕްރިސްކްރިޕްޝަން އޮންލީ ބޭހެއް ކަމަށާއި އެއްވެސް އިރެއްގައި އެ ބޭހަކީ ބެސް ސިޓީއާ ނުލައި ވިއްކޭނެ ބޭހެއް ނޫން ކަމަށެވެ.

ޒެންޓެކް: ގެސްޓްރިކް މައްސަލައަށް ދޭ އެ ބޭސް، ޑޮކްޓަރެއްގެ އިރުޝާދު ހިމެނޭ ބޭސް ސިޓީއަކާ ނުލާ ވިއްކުން މަނާ ވާނެ ---

"ޒެންޓެކް އަކީ އަބަދުވެސް ފެށުނީއްސުރެން ބޭސް ސިޓީއާ އެކު ނޫނިއްޔާ ނުވިއްކޭ ބޭހެއް އެއީ. މިހާރަކު އެކަންޏެއް ނޫން. އެ ބޭސް ރާއްޖެ ގެންނަން ފެށީއްސުރެން މިއަދާ ހަމައަށް ވެސް އެ ބޭހަކީ ޑޮކްޓަރުންގެ ބޭސް ސިޓީއަކާ ނުލައި ނުވިއްކޭނެ ބޭހެއް،" ފަޒީން ވިދާޅުވި އެވެ.

ޒެންޓެކް އުފެއްދުމަށް ބޭނުންކުރާ މާއްދާއެއް ކެންސަރަށް މަގުފަހިވާ ކަމަށް ބުނެފައިވާތީ އެކަން އެމްއެފްޑީއޭ އިން ބަލަމުން އަންނަ ކަން ފަޒީން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ދުނިޔޭގެ އެއްވެސް ގައުމަކުން އެ ބޭސް ބޭނުން ކުރިކަން އެނގިފައިނުވާ ކަމަށެވެ.

comment ކޮމެންޓް