7000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާނު ފަށައިފި

އޯލެވެލް އިމްތިހާން---

ގާތްގަނޑަކަށް 7000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު ރާއްޖޭގައި އޯލެވެލް އިމްތިހާނު މިއަދު ފަށައިފި އެވެ.

ރާއްޖޭގެ 194 ސްކޫލެއްގައި އެ އިމްތިހާނު ބާއްވަ އެވެ. ސްކޫލުތަކުން ގިނަ އަދަދެއްގެ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވާއިރު އަމިއްލަ ސެންޓަރުތަކުން ވެސް އޯލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރިވެފައިވެ އެވެ.

މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާން ކުރިއަށް ދާއިރު އިމްތިހާނު ފެށުމުގެ ގޮތުން މި އަދާއި މާދަމާ އޮންނާނީ އެސްއެސްސީ އިމްތިހާނުގެ ދެމާއްދާ ކަމަށްވާ ދިވެހި މާއްދާ އަދި އިސްލާމް މާއްދާ އެވެ.

އަންނަ މަހު އޭލެވެލް އިމްތިހާނު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް