މުއާގެ "ލީނާ" އައްޑޫއަށް!

ލީނާގެ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

ޑައިރެކްޓަރު އަބްދުﷲ މުއާޒްގެ ފުރަތަމަ ފީޗާ ފިލްމު "ލީނާ"ގެ ކާމިޔާބު ޝޯތަކެއް ދެއްކުމަށްފަހު ފިލްމުގެ މިސްރާބު އައްޑޫ އަތޮޅަށް ޖަހައިފިއެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި ލީނާ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އޮކްޓޯބަރު މަހުގެ ތިނެއް އަދި ހަތަރެއްގައި މަރަދޫ ބޮޑަގޭގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާއިރު ފަސްވަނަ އަދި ހަވަނަ ދުވަހު ހިތަދޫ ބިލަބޮން ސުކޫލުގައި ފިލްމު އެޅުވުމަށް ވަނީ ނިންމާފައެވެ. އަދި ފިލްމު ފޭދޫގައި ވެސް ދައްކާނެއެވެ.

ޓިކެޓް ގަންނަން ގުޅަން ޖެހެނީ 9499676 މި ނަންބަރަށެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާއެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާވެގެން ތައްޔާރުކުރި އެ ފިލްމު ޕްރިމިއާކުރީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެ ބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

comment ކޮމެންޓް