ރާއްޖޭގެ އިގްތިސާދީ ދުވެލި އެއް ވަރެއްގައި ހިފެހެއްޓޭނެ: އެމްއެމްއޭ

ދިވެހި މަސްވެރިިން މަސް ބޭނުމުގައި---

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައި ބުނީ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން ގޮސްފައިވާ ގޮތަށް ބަލާއިރު، އަހަރުގެ ބާކީ އޮތްތަނުގައި އިގްތިސާދީ ދުވެހި މަޑުޖެހޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމްގެ ދާއިރާ އަށް އަންނަމުންދާ ކުރިއެރުމާއި، ދަތުރުފަތުރާއި ރީޓެއިލް ވިޔަފާރިތައް ތަރައްގީވަމުން އަންނަ މިންވަރަށް ބަލާ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ދަށަށް ދާނެކަމަށް ލަފާނުކުރެވޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ހާއްސަކޮށް ބައެއް މާކެޓުތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑަށް ކުރިއަރާފައިވާތީ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ އިގްތިސޯަށް އޭގެ ހެޔޮ އަސަރު ކުރަމުންދާކަން އިކޮނޮމިކް ބުލެޓިންގައި ފާހަގަކޮށްފައި ވެއެވެ.

އެ ރިޕޯޓުގައި ބުނީ އިމާރަތްކުރުމުގެ ދާއިރާ މަޑުޖެހިފައިވާ ކަމަށާއި އޭގެ ސަބަބަކީ ޕަބްލިކް އިންފްރާސްޓްރަކްޗާގެ މަޝްރޫއުތައް މަދުވުން ކަމަށެވެ. އަދި 2018 ވަނަ އަހަރު އިންފްރާސްޓްރަކްޗާގެ ބިޔަ ތިން މަޝްރޫއެއް ނިންމާލެވިފައިވާ ކަމަށާއި 2019 ފެށުނުއިރު ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުދާކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ކާޑާއި ކަރަންޓުގެއަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު އިންފްލޭޝަން ރޭޓު މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެެ.

މިއަހަރު ނިމޭއިރު ފިސްކަލް ޑެފިސިޓް 4.4 ޕަސެންޓަށް ދަށްވާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ. 2018 ވަނަ އަހަރު ނިމުނުއިރު ފިސްކަލް ޑެފިސިޓް ހުރީ 4.8 ޕަސެންޓްގަ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާގޮތުން އަހަރު ނިމޭއިރު ޕަބްލިކް ޑެޓް ޖީޑީޕީގެ ނިސްބަތުން 61.6 ޕަސެންޓަށް އިތުރުވާނެއެވެ.

comment ކޮމެންޓް