މިދިޔަ އަހަަރަށްވުރެ މި އަހަރުގެ ފެބްރުއަރީގައި ލިބުނު އާމްދަނީ މިލިއަނެއް އިތުރު

މަރުކަޒީ ބެންކް، އެމްއެމްއޭ-- ފޮޓޯ: އެމްއެމްއޭ

މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅައި ބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް އެކި ގޮތްގޮތުން ލިބުނު އާމްދަނިއާއި އެހީ އެއް މިލިއަން ރުފިޔާ އިތުރު ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން މި މަހު ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މުޅި ޖުމްލަ ލިބުނު އާމްދަނީއާއި އެހީ 33 މިލިއަން ރުފިޔާއަށް އަރައެވެ. އެހެން ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 32 މިލިއަން ރުފިޔާއެވެ.

އެމްއެމްއޭގެ ރިޕޯޓުން ދައްކައިގޮތުން މި އަހަރު ރާއްޖެއަށް ކަރަންޓު ރެވެނިއުގެ ގޮތުގައި 32 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 31 މިލިއަން ރުފިޔާއެވެ.

ކެޕިޓަލް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ މި އަހަރު ވަރަށް ބޮޑުތަން ދަށެެވެ. އެގޮތުން މިދިޔަ އަހަރު 49.4 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއަހަރުގެ ފެބްރުއަރީ މަހު ކެޕިޓަލް ރެވެނިއުގެ ގޮތުގައި ލިބިފައިވަނީ 4.3 މިލިއަން ރުފިޔާއެވެ.

އެހެން ނަމަވެސް ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ވަނީ ވަރަށް ބޮޑު އެހީތެރިކަމެއް މި އަހަރު ލިބިފައެވެ.

އެގޮތުން މި އަހަރުގެ މި މަހު 1،270 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުތަކުން ދައްކައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ލިބިފައިވަނީ 505.1 މިލިއަން ރުފިޔާއެވެ.

ހިލޭ އެހީ އަދި އާމްދަނީގެ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާ މި އަހަރު އިތުރު ނަމަވެސް ޚަރަދު ވަނީ އިތުރު ވެފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ބެލެންސް، ޑެފިސިޓު ވެފައިވާއިރު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާއި އަޅައިބަލާއިރު، ޖީޑީޕީ ވެސް ވަނީ ދަށަށް ގޮސްފައެވެ.

comment ކޮމެންޓް