މިދިޔަ އަހަރު ޖަމާލުއްދިން ސްކޫލުގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ޔޫސުފް ޔާނިއު އަހުމަދު ހޯދައިފި އެވެ.
ރޭ ބޭއްވި އެ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ޔާނިއު އަށް އިނާމު ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ޔާނިއު ވަނީ ގައުމީ ގަދަ 10ގެ އެއްވަނަ އަދި ބަޔޮލޮޖީ އިން ދުނިޔޭގެ ގަދަ 10ގެ ނުވަ ވަނަ ހޯދައިފަ އެވެ.
އެ ޖަލްސާގައި 82 ދަރިވަރުން ވަނީ ތައުލީމީ ގޮތުންނާއި އިތުރު ހަރަކާތްތަކުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދައި އިނާމު ހާސިލްކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާމނުގެ ގައުމީ ގަދަ 10ގައި އެ ސުކޫލުގެ 28 ދަރިވަރަކު ހިމެނުނު އިރު ދުނިޔޭގެ ގަދަ 10ގައި ޖަމާލުއްދީން ސުކޫލުގެ އަށް ދަރިވަރަކު ހިމެނުނެވެ. ދުނިޔޭގެ ގަދަ 10ގައި އެ ސުކޫލުގެ ދަރިވަރުން ވަނީ ބަޔޮލޮޖީ، މެރިންސް ސައިންސް، އިކޮނޮމިކްސް، ޓްރެވަލް އެންޑް ޓޫރިޒަމް އިން ރަނގަޅު ނަތީޖާއެއް ހޯދައިފަ އެވެ. މިދިޔަ އަހަރު އެ ސުކޫލުން އޯލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން 100 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ޖަމާލުއްދީން ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ އަޑު އިވުމުން މަހުރޫމްވެފައިވާ (ޗިކްކުލާހުގެ) ދަރިވަރުންގެ ތެރެއިން 2018 ވަނަ އަހަރު އޯލެވެލްގައި ބައިވެރިވެ، ކާމިޔާބީތައް ހާސިލްކުރި ދަރިވަރުންނަށް ވެސް ވަނީ އިނާމު ދީފަ އެވެ.
އެގޮތުން އެސްކޫލުން އޯލެވެލް އިމްތިހާނުގައި ބައިވެރިވި އައިޝަތު ޒީޝާ ޣާނިމް ވަނީ ފަސް މާއްދާއިން ފާސްވެ، އިސްލާމުންއޭ ސްޓާއެއް ހޯދާފައިވެ އެވެ. އަދި އިސްމާއީލް ރާހިލް ވަނީ ހަމާއްދާއިން ފާސްވެ ބިޒުނަސް ސްޓަޑީޒުން "އޭ" ހޯދާފައިވެ އެވެ. ރިފުދާ ރަޝީދު ވަނީ ފަސް މާއްދާއިން ފާސްވެ، އެކައުންޓުން "އޭ" ހޯދައިފަ އެވެ.