ގައުމީ ޔުނިވާސިޓީން 868 ދަރިވަރުން ދަސްވެނިވެއްޖެ

ގައުމީ ޔުނިވާސިޓީން ދަސްވެނިި ދަރިވަރަކަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ސެޓްފިކެޓް ހަވާލުކޮށއްދެއްވަނީ--- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން 868 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ދަރުބާރު ގޭގައި ރޭ ބޭއްވި އެމްއެންޔޫގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ވަނީ ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓާ އިނާމާއި އެވޯޑްތައް ހަވާލުކޮށްފައެވެ.

ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ސެޓްފިކެޓް 3 އިން ފެށިގެން އެޑްވާންސް ސެޓްފިކެޓް، ޑިޕްލޮމާ އާއި ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތައް ނިންމި ދަރިވަރުން ހިމެނެއެވެ. އޭގެ ތެރޭގައި 260 ފިރިގެން ދަރިވަރުންނާއި 609 އަންހެން ދަރިވަރުން ހިމެނެެއެވެ.

ބައެއް ކޯސްތަކުން ދަސްވެނިވި ދަރިވަރުންގެ އަދަދު

  • ބެޗްލާ އިން ޕްރައިމަރީ ޓީޗިން - 19
  • ޑިޕްލޮމާ އިން ނާސިން- 64
  • މާސްޓާ އޮފް އެޑިއުކޭޝަން/ ދިވެހި ލެންގުއޭޖް އިން ޓީޗިން - 45

ރޭ ދަސްވެނިވި ދަރިވަރުންގެ ތެރެއިން ކޯހުން އެއްވަނަ ހާސިލްކޮށް ސީޖީޕީއޭ 3.5 މަތިން ހޯދި ދަރިވަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވާ އެވޯޑް ވަނީ ދެ ދަރިވަރަކަށް އަރުވައިފައެވެ.

ރައީސްގެ އެވޯޑް ހާސިލް ކުރި ދަރިވަރުން

  • ހަރިސަތު މުހައްމަދު ( މާސްޓާސް އިން އެޑިއުކޭޝަން)/ ރަންފަސް، ސ. ހިތަދޫ
  • ފާތިމަތު ރައުފާ ( ބެޗެލާ އޮފް އެކައުންޓިން އެންޑް ފައިނޭންސް)/ ހަރު، ށ ފުނަދޫ
comment ކޮމެންޓް