ކާތިކް އާރްޔަން ވެސް ޔޫޓިއުބް ޗެނަލެއް ހަދައިފި

ބޮލީވުޑްގެ ބަތަލު ކާތިކް އާރްޔަން

ބޮލީވުޑްގެ ކުރިއަރަމުން އަންނަ ޒުވާން ބަޔަލު ކާތިކް އާރްޔަން،28، ވެސް އަމިއްލަ ޔޫޓިއުބް ޗެނަލެއް ހަދައިފި އެވެ.

މި ދުވަސްވަރަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް އަމިއްލަ ޔޫޓިއުބް ޗެނަލްތައް ހަދަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ދާދި ފަހުން ބަތަލާ ދިޝާ ޕަޓާނީ ވެސް ވަނީ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލެއް ލޯންޗްކޮށްފަ އެވެ.

ކާތިކް ބުނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ހެދުމަށް މަސައްކަތްކުރާތާ ގިނަ ދުވަސްވެފައިވާ ކަމަށާއި އެ ޗެނަލުގެ ސަބަބުން ސަޕޯޓަރުންނަށް އޭނާ ކޮންމެ ދުވަހަކު އުޅޭ ގޮތާއި ކުރާ މަސައްކަތްތައް އެނގިގެންދާނެ ކަމަށެވެ.

ކާތިކްގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓްތައް ބަލަހައްޓަނީ އޭނާ އެވެ. ބެލެވޭ ގޮތުގައި ޔޫޓިއުބް ޗެނަލް ވެސް އޭނާ އަމިއްލަ އަށް ބަލަހައްޓާނެ އެވެ.

ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ލިބުނު ބަތަލު ކާތިކަށް އެންމެ ބޮޑު މަގްބޫލު ކަމެއް ލިބުނީ "ޕިޔާރް ކާ ޕަންޗްނާމާ 2" އިންނެވެ. އޭނާގެ މަގްބޫލުކަން އިތުރުވި ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އިންނެވެ.

މިހާރު އޭނާ މަސައްކަތްކުރަމުންދާ ފިލްމަކީ "ޕައްތީ ޕަތްނީ އޯރު ވޯ" އެވެ.

comment ކޮމެންޓް