ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު ސީރިއަސް، އޮތީ ވެންޓިލޭޓަރުގައި

ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ----- ފޮޓޯ/ ޕޮލިސް

އިއްޔެ، ލ. ގަމުގައި މަސް ފެނަގަނޑަށް ވެއްޓުނު ކުޑަކުއްޖާގެ ހާލު ސިރިއަސް ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.

އުމުރުން ދެ އަހަރުގެ އެ ކުއްޖާ ގަމުގެ ގެއްގެގައި ހުރި މަސް ފެންގަނޑަށް ވެއްޓުނީ، އިއްޔެ މެންދުރުފަހު 3:30 އެހާކަށްހާއިރު އެވެ. ހާލު ސީރިއަސްވެ، ގަމު ރީޖަނަލް ހޮސްޕިޓަލު އައިސީޔޫގައި އޭނާއަށް ފަރުވާދޭން ފެށި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އަދިވެސް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

"ކުއްޖާއަސް ދަނީ ވެންޓީލޭޓަރުގައި ފަރުވާދެމުން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އިއްޔެ ބުނިފެއިވަނީ، ކުއްޖާ ފެންގަނޑުން ނަގައިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް ކަމަށެވެ. ކުއްޖާ ފެންގަނޑަށް ވެއްޓުނީ ކިހިނެތް ކަމެއް އަދި ސާފެއް ނޫނެވެ.

https://sun.mv/124367

comment ކޮމެންޓް