ފެންގަނޑަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ލ. ގަމުގައި ދެ އަހަރުގެ ކުއްޖާ ވެއްޓުނު މަސްފެންގަނޑު ----- ފޮޓޯ/ ޕޮލިސް

އިއްޔެ ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

އުމުރުން ދެ އަހަރުގެ އެ ކުއްޖާ ގަމުގެ ގެއްގެގައި ހުރި މަސް ފެންގަނޑަށް ވެއްޓުނީ، އިއްޔެ މެންދުރުފަހު 3:30 އެހާކަށްހާއިރު އެވެ. ހާލު ސީރިއަސްވެ، ގަމު ރީޖަނަލް ހޮސްޕިޓަލު އައިސީޔޫގައި އޭނާއަށް ފަރުވާދޭން ފެށި އެވެ.

ގަމު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝާހީން މިއަދު "ސަން" އަށް ވިދާޅުވީ، ރޭ 11:00 އެހާކަންހާއިރު ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވާ ކަމަށެވެ.

ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، އައިޖީއެމްއެޗް އައިސީޔޫ ގައި އަދިވެސް އެ ކުއްޖާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

ކުއްޖާގެ ސިއްހީ ހާލަތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން އިއްޔެ ބުނިފެއިވަނީ، ކުއްޖާ ފެންގަނޑުން ނަގައިގެން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް