ދެހާސް ސޯޅަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޖީއެމްސް ފޯރަމް އަންނަ އަހަރު ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބާއްވަން ނިންމައިފިއެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޖެނެރަލް މެނޭޖަރުންނަށް އަމާޒުކޮށްގެން ހޮޓެލިއާ މޯލްޑިވްސްއިން ބާއްވަމުން އަންނަ ޖީއެމް ފޯރަމްގެ ފަސްވަނަ އެޑިޝަން އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް ދެވަނަ ދުވަހުއެވެ.
ޖީއެމް ފޯރަމްގައި ފަތުރުވެރިކަމާ ގުޅުން ހުރި ކަންތަކާއި މި ދާއިރާއަށް ދިމާވާގޮންޖެހުންތައް، އަދި އެ ގޮންޖެހުންތައް ހައްލު ކުރާނެ ގޮތްތަކާއި މި ދާއިރާގެ ފުންނާބު އުސް މާހިރުންގެ ތަގުރީރުތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށް ގެންދެއެވެ.
އޭގެ އިތުރުން، ހޮޓެލް ސޭފްޓީ އެންޑް ސެކިއުރިޓީއާއި ދެމެހެއްޓެނިވި ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގެ އިތުރުން ޓޫރިޒަމް ދާއިރާގެ ތައުލީމީ ފުރުސަތުތަކާ ގުޅޭ ގޮތުން އެ ފޯރަމުގައި މަޝްވަރާ ކުރެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަޕްލަޔަރުންނަނަށް އެމީހުންގެ ޕްރޮޑަކްޓްސް ޝޯކޭސް ކުރުމުގެ ފުރުސަތު މި ފޯރަންގެ ހަވާސާގައި ދެއެވެ.
އަންނަ އަހަރުގެ ޖީއެސް ފޯރަމުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާނީ ސަސްޓެއިނެބިލިޓީ އެންޑް ހިއުމަން ކެޕިޓަލް އަށެވެ. ޕެނަލިސްޓުންނާއި ކީނޯޓް ސްޕީކަރުން ކުރިއަށް އޮތް ހަފްތާތަކުގައި އިއުލާނު ކުރާނެއެވެ.