އިންތިޒާރު ނިމެނީ! އައިފޯން 11 އަންނަ މަހު

އައިފޯން 11 އަންނަ މަހު 10 ގައި ދައްކާލުމަށް އަންނަނީ ތައްޔާރުވަމުން---

އެޕަލް އިން މިއަހަރު ބާޒާރަށް ނެރޭ އައިފޯނު 11 ސެޕްޓެމްބަރު ގައި ލޯންޗު ކުރާނެ އެވެ.

ކެލިފޯނިއާގެ ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވާ އިވެންޓުގައި އައިފޯން 11 އާއެކު އައިފޯން 11 ޕްރޯ އަދި އައިފޯން 11 ޕްރޯ އެކްސް ވެސް ނެރޭނީ އެ އިވެންޓްގައެވެ. އަންނަ މަހު 10 ގައި ފޯނުތައް ލޯންޗްކުރާ އިރު މި ފަހަރުގެ ފޯނުތަކުގެ ޑިޒައިނަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެޕަލްގެ އިވެންޓަށް މިހާރު ދައުވަތު ފޮނުވަން ފަށާފައިވާއިރު ދައުވަތު ކާޑުގައި ލިޔެފައިވަނީ "ބައި އިނޮވޭޝަން އޮންލީ" އެވެ.

މި ފަހަރު އައިފޯންގެ ޑިސްޕްލޭ ކުރީ ފޯނުތަކަށްވުރެ ބޮޑުވާނެ އެވެ. އެއީ 6.1 އިންޗިއަށެވެ. އަދި ފޯނުގައި ތިން ކެމެރާވެސް ވަނީ ހިމަނާފައެވެ.

އައިފޯނު 11 ގެ އަގު އުޅޭނީ 1000 ޑޮލަރުން މަތީގައި ކަމަށް އަންނަނީ ލަފާކުރަމުން އެވެ.

comment ކޮމެންޓް